އިންތިޚާބާ ދިމާކޮށް ތަރައްޤީގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަން ދެއްކުމަށްޓަކައި ރަށް ރަށަށް ހައިމާކުތައް ފޮނުވުމާ ގުޅޭ ގޮތުން މުހިންމު އިރުޝާދެއް ލޫކަސް ޖަލީލު ދެއްވައިފި އެވެ.
ކުރު ވީޑިއޯއެއް މެދުވެރިކޮށް ލޫކަސް ބުނެފައިިވަނީ އެކްސްކެވޭޓަރަކީ ކެންޑިޑޭޓު ނޫން ކަމަށާއި، އެއަށް ނުހެއްލި އެންމެ ރަނގަޅު ކެންޑިޑޭޓް އިޚްތިޔާރުކުރުން މުހިންމު ކަމަށެވެ. އެހެން ނޫނީ ރަށުގެ ތަރައްޤީ އާއި ރަށުގެ ކަންކަން ރަށުގެ ރައްޔިތުން ނިންމުމުގެ ބާރުވެރިކަން ގެއްލިދާނެ ކަމަށެވެ.
ށ. ފޯކައިދޫ ހުކުރުމިސްކިތް ތަޅާލުމަށް ފަހު އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް ނުފެށި ލަސްވާތީ، އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވާތީ، މިއަދު ފޯކައިދޫއަށް ވެސް ހައިމާކެއް ފޮނުވައިފި އެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދަޅަދެއްކުމުގެ ސިލްސިލާގެ ބައެއް ކަމަށެވެ.
ފޯކައިދޫ އެމްޑީޕީގެ ކެންޑިޑޭޓުން ތައާރަފުކުރުމުގެ ޖަލްސާ ބޭއްވީ ރޭގައެވެ. މިރޭ އެ ވައްޓާލީ އެކްސްކެވޭޓަރެކެވެ. މިއީ އިއްތިފާޤަކަށް ވެސް ވެދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު