ސޮނޭވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި.

މިލައުތުރު | 12 އޭޕްރީލް 2026 | ޚަބަރު

ރާއްޖޭގެ މަތީ ފަންތީގެ އިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން ކުރި ޕޯސްޓެއްގައި ވާގޮތުން ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން މިހާރު ފަށާފައިވާ ކަމަށެވެ.

މިހާތަނަށް އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރިސޯޓުގައި އަލިފާން ރޯވުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އަލިފާން ރޯވުމަށް މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.