ފޯކައިދޫ ޕީއެންސީ ކެމްޕެއިން ޖަގަހައަށް ދިރުނބާކޮޅު އެއްގަމަށް ދޯންޏެއް އެހެލައިފި.

މިލައުތުރު | 6 އޭޕްރީލް 2026 | ސިޔާސީ

ދިރުނބާކޮޅު އެއްގަމަށް ދޯންޏެއް އެހެލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. މިއީ ކައުންސިލް އިންތިޚާބު ނާކާމިޔާބުވުމުން ޕީއެންސީގެ ސަޕޯޓަރުން ލީޑަރޝިޕާ މެދު ހިތްހަމަނުޖެހިގެން ކުރި ކަމެއް ކަމަށް ބެލެވެއެވެ.

ޕީއެންސީގެ ބައެއް ސަޕޯޓަރުން ދެކޭގޮތުގައި އިންތިޚާބު ކާމިޔާބު ކުރުމަށް ފޯކައިދޫ ޕީއެންސީގެ ލީޑަރޝިޕުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެއެވެ. އަދި ބައެއް ސަޕޯޓަރުން ބޭނުންވަނީ ލީޑަރޝިޕްގައި މިހާރު ތިބި މީހުންގެ ބަދަލުގައި އެހެން ބަޔަކު ލީޑަރޝިޕާ ޙަވާލުވުމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.