ވިޒިޓް ފޯކައިދޫގެ ބްރޭންޑް އެމްބަސެޑަރުގެ މުޅިން އާ ލަވަ “ރޫހް-އޭ-ޖާން” ރިލީޒް ކޮށްފި.

މިލައުތުރު | 6 ޖޫން 2026 | ޚަބަރު

ނިމިދިޔަ ބޮޑު އީދުގެ ތެރޭގައި ވިޒިޓް ފޯކައިދޫ އިފްތިތާޙް ކުރުމުގެ ހަފުލާގެ ޚާއްސަ މެހެމާނާ އަދި ބްރޭންޑް އެމްބަސެޑަރ ވިބޫތީ ޝަރުމާގެ މުޅިން އާ ލަވައެއް ރިލީޒް ކޮށްފި އެވެ.

މި ލަވައަކީ ވިބޫތީގެ އަމިއްލަ ރާގަކަށް އޭނާގެ އަޑުން ކިޔާފައިވާ އޭނާގެ އަމިއްލަ ޅެމެކެވެ. އަދި މިއީ ދާދި ފަހުން އޭނާ ސޮއިކުރި ވޯނާރ މިއުޒިކް އިންޑިއާ ލޭބަލްގެ ދަށުން ރިލީޒްކުރި ފުރަތަމަ ލަވައެކެވެ.

ރީތި ފުރިހަމަ މިއުޒިކެއް ހިމެނޭ މަޑުމައިތިރި ލޯބީގެ މި ލަވައަކީ ފިލްމަކުން ފެނުމުގެ ފުރުސަތު އޮތް ލަވައެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން ވެސް އޭނާގެ ރީތި އަމިއްލަ ރާގުތައް ވަނީ ނެރެފައެވެ. އޭގެ ތެރޭގައި “އެހެސާސް” އާއި “ރާސްތާ” ފަދަ ލަވަތައް ހިމެނެއެވެ.

5 ޖޫންގައި ރިލީޒްކުރި ރޫހް އޭ ޖާން މިހާރު ސްޕޮޓިފައީ އިން އަޑުއަހާލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.