ށ. ފޯކައިދޫއަށް ވީ ވައުދުތައް ސަރުކާރުގެ ލިސްޓަކަށް ނާރާތީ ރައްޔިތުން ރަތަށް.

މިލައުތުރު | 9 އޮގަސްޓު 2025 | ރިޕޯޓު
1

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި މިހާރުގެ ވެރިކަން ކުރާ ޕާޓީން ށ. ފޯކައިދޫއަށް ވައުދުވީ އެއްވެސް ކަމެއް ސަރުކާރުގެ ރަސްމީ ލިސްޓަކަށް ނާރާތީ، އެރަށުގެ ރައްޔިތުން ކަންބޮޑުވުމާއެކު ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ފޯކައިދޫގައި 150 ހައުސިން ޔުނިޓް އެޅުމަކީ ރިޔާސީ ކެމްޕެއިންގައި ބޭނުންކުރި ވައުދެކެވެ. އެހެން ނަމަވެސް ކުރިން ލިސްޓްގައި އޮތް ފޯކައިދޫގެ ނަން މިހާރުގެ ލިސްޓަކު ނެތެވެ. މީގެ އެއް ދުވަސް ކުރިން ކަމާބެހޭ ވުޒާރާއިން އިއުލާން ކުރި 11 ރަށް ހިމެނޭ ލިސްޓްގައި ފޯކައިދޫގެ ނަމެއް ނެތެވެ. އެހެން ނަމަވެސް ކުރިން ބުނެފައިވަނީ އެންމެ ފުރަތަމަ ހައުސިން ޔުނިޓް އަޅާ ރަށެެއްގެ ގޮތުގައި ފޯކައިދޫ ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

އަނެއް ވައުދަކީ ފޯކައިދޫގެ ބޮޑެތި މަގުތައް، ޚާއްސަކޮށް ވަށަމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ ވައުދެވެ. އަދި މި މަޝްރޫޢަށް ފޯކައިދޫން 200 މީހުންނަށް ވަޒީފާ ހަމަޖެހޭނެ ކަމަށް ބަލައި، މިހާރު ވަނީ އެފަރާތްތަކަށް އެކަމުގެ ޔަޤީންކަން އަރުވާފައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ފޯކައިދޫގެ މަގު ހެދުމާގުޅޭ އެެއްވެސް ކަމެއް ސަރުކާރުގެ ގުޅުން ހުރި އެއްވެސް އިދާރާއަކުން ކުރައްވާކަމެއް އެނގޭކަށް ނެތެވެ.

ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލިސްގެ މެންބަރަކީ ޤާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ޙައްޤުގެ ބޭނުންކުރައްވާ ބޭފުޅަކަށް ވާތީ، ރައްޔިތަކަށް ލިބޭ އެއްވެސް މަޢުލޫމާތެއް ނެތެވެ. އެހެންކަމުން ފޯކައިދޫގެ ރައްޔިތުން ޤަބޫލުކުރަނީ ޕީއެންސީން ވީ ވައުދުތައް ފުއްދުން މިހާރު ދެން ނާދިރު ވެއްޖެ ކަމަށެވެ.

ށ. ފޯކައިދޫ އަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ފެށި ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ރަނުން ރަނަށް ފުރިހަމަކޮށް ނިންމާފައިވާ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އާސިފު
އާސިފު ކަލޭ ގޮރުބޮއި