ކޮންގްރެސް ޕާޓީގެ ނައިބު ރައީސް ޝިޔާމަށް މިލަންދޫ ސްޓިއަރިންގ ކޮމިޓީން ބަވާލައިފި.

މިލައުތުރު | 17 އޮގަސްޓު 2025 | ސިޔާސީ
3

ޕީއެންސީގެ ލީޑަރޝިޕުން އަތޮޅުތެރެއަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން، އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ށ. މިލަންދޫއަށް ވަޑައިގެން އެ ރަށުގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމުން ބަވާލައިފިއެވެ.

Advertisement

ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިލަންދޫން މަޢުލޫމާތު ދިން ޕީއެންސީގެ މެންބަރަކު ބުނިގޮތުގައި މިނިސްޓަރ ޝިޔާމަށް ބަވާލީ ކޮމިޓީގައި ތިއްބެވި އެންމެ ދުވަސްވީ ހަރު މީހުން ކަމަށެވެ. ދެ އަހަރު ވެގެންދާއިރު އެއްވެސް ކަމެއް ނުވި ބައެއްގެ ވާހަކަދައްކަން ދެން ރައްޔިތުންގެ ގާތަށް ދާން ނުކެރޭނެ ކަމަށާއި، އެއާޕޯޓެކޭ ކިޔާފައި ބޮޑު ފަސްފުންޏެއް ޖަހާފައި ބާއްވައިގެން ރައްޔިތުން ޅޮސް އުނދޯއްޔަކަށް ނުލެވޭނެ ކަމަށެވެ. އަދި އެކަން ނުވަންޏާ ރަށުގެ ޤުުދުރަތީ ފަޅާ ފަރާ ހަލާކުކޮށްގެން ނުވާނެ ކަމަށެވެ. އަދި މިކަމަށް ޝިޔާމަށް ދެވޭނެ ޖަވާބެއް ވެސް ނޭނގުނެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ރަށުގެ ތަރައްޤީއަށްޓަކައި ގާބުރިއެއް ވެސް އަދި ބާއްވައިނުލެވޭ ކަމަށާއި، ރަށުގެ ކުއްޖަކަށް ލިބުނު ފަޒީފާގަނޑެއް ނެތްކަމަށެވެ. ޕީއެންސީއަށް ކައުންސިލް ނެގުމަށްޓަކައި ރައްޔިތުންގެ ގާތަށް ގޮސް ކިޔާނެ އެއްޗެއް ނޭނގޭ ކަމަށް ޝިޔާމަށް ދެންނެވި ކަމަށެވެ.

މި ހުރިހާ ކަމެއް ހިނގާދިޔަ އިރު އިސްދަށަަށް ޖަހައިގެން މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން މުފީދު ވެސް ބުނާނެ އެއްޗެއް ނޭނގިފައި އިންނެވި ކަމަށާއި، ބަނދަރުމަތިން ކެފޭއަށް، ކެފޭ އިން ބަނދަރަށް ފުރަން ވަޑައިގެންނެވި މާޔޫސީ ކަމުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ށ ށރައްޔިތުމީހާ
މިލަންދޫމީހުންނަކީ ކާންދޭއަތުގަ ދަތްއަޅާބައެް މިލަންދޫމީހުނަ ދެކޭގޮތުގަ މިލަންދޫ ނޫން އެހެންރަކައް އެއްވެސް ކަމެއް ކުރެވިގެންނުވާނެ ތަނެއްގައޮތް ގާގަނޑަކުތިއްބާ މިލަންދުވައް ބަދަލުކުން އެއީ މިހާތަން ސަރުކާރަކުން ކުރިއެއްމެ ނުބައިކަންތައް
އ އާތީ
މިއީ ހިނގި ކަމެއް މަވެސް އެތާ އިނިން. މިލަންދޫ މައްސަލައެއް ނޫން، ސަރުކާރުގެ މައްސަލައެއް. ކަމެއް ކޮށްދީ ނޫނީ ފެއްސޭ، ޝިޔާމެއް، ގާސިމެއް، ކާސިމެއް ނޯންނާނެ.
ހަސަންމުފީދައް ނުވަންޔާ ވާވަރުގެމީހުންތިބޭނެ އަބަދުވެސް ރަންއުދޯލީގަ