އިޒްރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ގައިދުކުރުމުގެ އަމަލުތަކެއް ކަމަށް އދ. އިން ކަނޑައަޅައިފި.

މިލައުތުރު | 16 ސެޕްޓެމްބަރ 2025 | ޚަބަރު
3

ގަވައިދާ ޚިލާފަށް އިޒްރޭލުން އަރައިގެންފައިވާ ފަލަސްޠީނުގެ ސަރަހައްދުތަކުގައި އިޒްރޭލް ސިފައިން ހިންގަމުން ގެންދަނީ ނަސްލު ގައިދު ކުރުމުގެ އަމަލުތަކެއް ކަމަށް އެ މައްސަލަ ބެލި އދ. ގެ މުސްތަޤިއްލު ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އެ ކޮމިޝަނުގެ ޗެއާޕާރސަން ނަވީ ޕިއްލޭ ވިދާޅުވީ، ކޮމިޝަނުން ކުރި ތަޙްޤީޤުން ހާމަވިގޮތުގައި އިޒްރޭލުން ޣައްޒާގައި ނަސްލު ގައިދުކުރުމުގެ އަމަލު ހިންގާފައިވާ ކަމަށާއި، މިހާރު ވެސް ހިންގަމުން ގެންދާ ކަަމަށެވެ. މިކަމަށް ބާރުދޭ ހެއްކާއި ޤަރީނާތައް ކޮމިޝަންގެ ރިޕޯޓްގައި ވަރަށް ތަފުޞީލުކޮށް ހިމަނާފައިވާނެ ކަމަށާއި، އިޒްރޭލްގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ ކަމަށާއި، އެކުވެރި ދައުލަތްތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

Advertisement

އދ. ތަޙުޤީޤުން މިކަން ކަނޑައެޅުމުން އިޒްރޭލަކީ އިންސާނިއްޔަތާ ޚިލާފުވެފައިވާ ދައުލަތެއްގެ ލަޤަބު ލިބި، ނަސްލު ގައިދުކުރުމުގެ އަމަލު ހިންގާ ގައުމެއްގެ ގޮތުގައި ކަނޑައެޅުނީ އެވެ. ދުނިޔޭގެ ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް އެއްވެސް ހުރަހެއް މިހާރަކު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަދުރޭ ސާރ
އިޒްރޭލަކީ ނިރުބަވެރި ބައިގަނޑެއް ކަމަށް މަޖިލީހުން ފާސްކޮށްދީ! ނޫސްވެެރިން ކަސްތޮޅު ނާޅުވާ އެކަން ކުރިއްޔާ މާ ހެޔޮކަން ބޮޑުވާނެ.
ޓ ޓޮރޮމްޕު
އެމެރިކާ އިން ޓްރަރިޒަމް ހިންގަން ގެންގުޅޭ ބަޅުންތަކެއް
ބ ބާބު
އަހަރެމެންނަށް އަބަދުވެސް އެނގޭ އިޒްރޭލަކީ ޓެރަރިސްޓް ދައުލަތެއްކަން.