ހަވާ ފަޓާސްބަރިއެއް ހެން މީޑިއާ ކޮންޓްރޯލް ކުރާ ބިލް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެކަމާ ދެކޮޅަށް މުޒާހަރާކުރި ބައެއް މީހުން ތުހުމަތުކުރި ގޮތުގައި ސަރުކާރުގެ ރޭވުމަކީ ރަޖިސްޓަރީ ކޮށްގެން ހިންގާ ނޫސްތައް ކޮންޓްރޯލުކޮށް، ސޯޝަލް މީޑިއާގައި ހިންގާ ކާކުކަން ނޭނގޭ އެކައުންޓްތައް މެދުވެރިކޮށް ސަނާ ކިއުއްވުމެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އަވަސް އަރުވާލައިފާ ފާސްކުރީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގައެވެ. އަދި ޖެހިގެން އައި ދުވަހު މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަވާ އެ ބިލަށް ބަހުސްކޮށް، ވޯޓަށް އަހާ، ދުވަހުން ދުވަހަށް ފާސްކޮށް ނިންމާލެއްވީ އެވެ.
ނޫސްވެރިންގެ އާދޭސްތަކަށް އެއްވެސް ބެލުމެއްނެތި، އަދި ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ ވެސް ޚިލާފަށް ބިލް ފާސްކޮށްލީއެވެ. އަދި ބިލުގެ ދިފާއުގައި ޕީއެންސީގެ އެކްޓިވިސްޓުންނާއި އެކު ފެނަކަ މުވައްޒަފުން ވެސް ނިކުމެ އަޑުއުފުލާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު