ހަނގުރާމަތަކުގެ ސަބަބުން އިޤްތިޞާދީ ޙާލަތު ނާޒުކުވެފައިވާ ޔަމަނަށް އެހީގެ ގޮތުގައި 368 މިލިޔަން އެމެރިކާ ޑޮލަރު (1.38 ބިލިޔަން ސައުދީ ރިޔާލް) ދިނުމަށް ސައުދީ ސަރުކާރުން ނިންމަަވައިފި އެވެ.
މިއީ ސައުދީ ޕްރޮގްރާމް ފޯރ ދަ ޑިވެލޮޕްމަންޓް އެންޑް ރިކޮންސްޓްރަކްޝަން އޮފް ޔަމަންގެ ނަމުގައި ޤާއިމުކޮށްފައިވާ މަޝްރޫޢެއް ކަމަށް ސައުދީ ނޫސް އޭޖެންސީގައި ރިޕޯޓުކޮށްފައިވެ އެވެ. ސައުދީ އިސްވެ އުފެއްދި އަސްކަރީ އިއްތިހާދަކުން ދިން ޙަމަލާތަކުގައި ޔަމަނުގެ އިޤްތިޞާދު ވަނީ ފުނޑު ފުނޑު ވެފައެވެ. މިކަމާ ގުޅިގެން ސައުދީ އާއި ޔަމަނުގެ ގުޅުން ވަނީ ވަަރަށް ބޮޑަށް ގޯސްވެފައެވެ.
ޔަމަން ފާހަަގަކުރެވެނީ މިވަގުތު ގަލްފު ސަރަޙައްދުގައި އޮތް އެންމެ ޖެހިލުން ކުޑަ އަރަބި އިސްލާމީ ދައުލަތުގެ ގޮތުގައެވެ. އަދި އީރާނާ އެންމެ ގާތް ގުޅުމެއް ބާއްވަމުން ގެންދާ ގައުމެއްގެ ގޮތުގައެވެ. އަދި އިޒްރޭލާ ދެކޮޅަށް ފަލަސްޠީނުގެ މުޖާހިދުންނަށް ވާގިވެރިވާ މުސްލިމް ދައުލަތުގެ ގޮތުގައެވެ. އެހެންކަމުން ޔަމަނަށް ވަނީ މުސްލިމް އުންމަތުގެ މަޤުބޫލުކަން ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު