ށ. މަޑިކުރެއްދޫ ކުއްޔަށް ދިނުމުގެ ނަމުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ބޮޑު އޮޅުވާލުމެއް.

މިލައުތުރު | 25 ސެޕްޓެމްބަރ 2025 | ރިޕޯޓު
9

ށ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މަޑިކުރެއްދޫ އަކީ ދަނޑުވެރިކަން ކުރުމަށް ކުރިން އެފްޑަބުލިޔޫ ކުންފުންޏަށް ދީފައިއޮތް އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ނަގާފައިވާ ރަށެކެވެ.

Advertisement

ކުރިން އެ ރަށް ކުއްޔަށް ދީފައިވާ ކުންފުނީގެ ފަރާތުން ރަށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވަނީ ށ. ފޯކައިދޫ، ނިޝާން، މުޙައްމަދު އަބްދުއްރަޙްމާނާ އެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން އިރުޝާދެއް ލިބެންދެން އޭނާގެ މީހުން އެރަށުގައި ބޭތިއްބި އެވެ. އަދި ރަށް ބެލެހެއްޓުމުގެ އިތުރުން ރުއްއެރުން ފަދަ އިޤްތިޞާދީ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

ނަމަވެސް ކުއްލިއަކަށް އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔަންޓޭ) ފޯނުން ގުޅުއްވައި އެރަށުން ފޭބުމަށް އަމުރު ކުރެއްވި އެވެ. ސަބަބަކަށް ވިދާޅުވީ، އެރަށް ދިގު މުއްދަތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާކަން އަތޮޅު ކައުންސިލަށް އަންގަވާފައިވުމެވެ. އަދި ކުއްޔަށް ގެނި ފަރާތުން އެރަށް ބެލެހެއްޓުން ށ. އަތޮޅު ފީވަކު މީހަކާ ޙަވާލުކޮށްފައި ވާކަމަށާއި، އޭނާ އާއި ގުޅިގެން ނޫނީ އެއްވެސް ކަމެއް ނުކުރުމަށް ވެސް އަމުރު ކުރެއްވި އެވެ.

އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިފަދަ ނިންމެވުމެއް ނިންމަވާފައި ވޭތޯ ބެލުމަށް މުޙައްމަދު އަބްދުއްްރަޙްމާންގެ ފަރާތުން 18 އޮގަސްޓް 2025 ގައި ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެ ސިޓީގެ ޖަވާބުގައި ވަނީ، ށ. މަޑިކުރެއްދޫ އަކީ 14 އޭޕްރީލް 2024 އިން ފެށިގެން އެ ވުޒާރާގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށެއް ކަމަށާއި، ދަނޑުވެރިކަމަށް ފަޅު ރަށް ދޫކުރުމާބެހޭ ޤަވައިދުގައިވާ ގޮތުން ފަޅު ރަށެއް ދޫކުރެވޭނީ ވަރުވާއަށް ނުވަތަ ކުއްޔަށް ކަމަށްވާތީ، ރަށް ބެލެހެއްޓުމަށް އެއްވެސް ފަރާތަކާއި ޙަވާލުކުރުމުގެ އިޚުތިޔާރު އެ ވުޒާރާއަށް ވެސް ނެތް ކަމަށެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން ފީވަކު މަނިކު ނަމަކަށް ކިޔާ މީހަކު މީހުން ފޮނުވައިގެން ށ. މަޑިކުރެއްދޫގައި މަސައްކަތް ފަށާފައިވަނީ ކޮން އުޞޫލަކުންތޯ ސާފުކުރުމަށް، މުޙައްމަދު އަބްދުއްރަޙްމާންގެ ފަރާތުން 25 އޮގަސްޓް 2025 ގައި އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވާފައި ވެއެވެ. މި ސިޓީގެ ޖަވާބުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ރާގު ވަނީ މުޅިން ބަދަލުކުރައްވާފައެވެ. ފޯނުން ވިދާޅުވި އެއްޗަކާއި ލިޔުމުން ވިދާޅުވި އެއްޗަކާ އުޑާ ބިމާހާ ތަފާތެވެ.

އަތޮޅު ކައުންސިލްގެ ޖަވާބުގައި ވަނީ ޚުދު އެ ކައުންސިލުން އެދުމުން ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން އެ ރަށް ޙަވާލުކުރެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެ ރަށުގައި އެއްވެސް ބަޔަކު މަސައްކަތް ކުރޭތޯ ނޫންތޯ އަތޮޅު ކައުންސިިލުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ހަމަ ރަނގަޅަށް ވެސް އަތޮޅު ކައުންސިލުން މިކަމުގައި މީހަކަށް އޮޅުވާލުންތަކެއް އޮޅުވާލައިފި އެވެ. އަދި ގޮތްނޭނގޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބެލެވޭނެ ފުރުޞަތު އެބަ އޮތެވެ. އެހެނީ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި ފަދައިން އެ ރަށުގައި އެބުނާ މަނިކު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނޭނގޭ ކަމަކީ އޭނާ މަސައްކަތް އެކުރަނީ ކޮން އުޞޫލަކުން ކޮން ފަރާތެއްގެ ހުއްދަ ލިބިގެން ކަމެވެ. މިއީ ކޮންމެވެސް ފަރާތަކުން ޖަވާބުދާރީ ވާން ޖެހޭ ކަމެއް ނޫންތޯއެވެ.

ނޯޓް: މިކަމާބެހޭ ގޮތުން ށ. ފޯކައިދޫ ނިޝާން، މުޙައްމަދު އަބްދުއްރަޙްމާންގެ ފަރާތުން ދަނޑުވެރިކަމާބެހޭ ވުޒާރާގެ އިތުރުން އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ހުރިހާ ސިޓީތަކާއި ޖަވާބުތަކުގެ ކޮޕީ މި ނޫހަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މިނިސްޓަރު
މުލަކޭ އަކީ ބޯހަމަޖެހޭ މީހެއްތޯ ބަލަންޖެހޭ. މުއްދަތު ހަމަވީމާ ދެން ނުހުރެވޭނެ.
އ އަބްދޯ
ޝިޔަންޓޭ ވެސް ފެނަށް ދިރުނު ފަހުން ހުންނަނީ ވަރަށް ގިރުވާން ކޮޅަށް ޖަހާފައި. ކުރީގެ ޝިޔަންޓޭއެއް ނޫން. ކުރިން ޝިޔަންޓޭ އަކީ ކޮންމެ މީހަކާ ވެސް ގުޅޭ ވަރަށް ހިތްތިރި މީހެއް. މިހާރު ޕީއެންސީ ވައްތަރަށް ވަރަށް ފޮނި ބޮޑު.
ވ ވާލާ ކާޅާ
ދޮގެއް ޝިޔަންޓޭ ދައުރު ނިމެންވާއިރަށް ކުރެވުނު ކަމެއް ކޮށްލަން ވާނެ. މި ސަރުކާރުން ވެސް ހަދަނީ އެހެން. އަތުޖެހުނު އެއްޗެއް މަޅާލަނީ.
ކ ކޮތަޅޭ
މުޙައްމަދު އަބްދުއްރަހުމާނަކީ އެއްވެސް ހައިސިއްޔަތެއް ނެތް މީހެއް. ކުރެއްދޫގައި ހުރެވިގެން ނުވާނެ.
ކ ކޮތަޅޭ
މުޙައްމަދު އަބްދުއްރަހުމާނަކީ އެއްވެސް ހައިސިއްޔަތެއް ނެތް މީހެއް. ކުރެއްދޫގައި ހުރެވިގެން ނުވާނެ.
ފ ފަރީޝާ
ޑރ. މުޢިއްޒު ވިސްނުންތެރިކަން ނިކަން ދެކިބަލާ އަތޮޅު ކައުންސިލްތައް އުވާލަނީ ޖަރީމާތައް ހުއްޓުވަންށޭ.
އ އަބްދޯ
އަތޮޅު ކައުންސިލްތައް އުވާލީމާ ތިޔަ ފަދަ ކަންކަމެއް ނުހިންގޭނެ އަވަހަށް އުވާލާ.
މ މުލަކޭ
ޔަގީން ކަމެއް އެހެން ނޫން ނަމަ އޮޅުވާލުމެއް ނެތް
ނ ނިޝާން
ތިޔައީ ފީވަކު މަނިކު އަތުން ފައިސާ ގަނޑެއް ކަޓުވާލައިގެން ޝިޔަންޓޭ ހިންގާލި ޖަރީމާއެއް.