ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 49 ދޯންޏެއްގެ މަސްވެރިން އިއްޔެ ހެނދުނު އިހުތިޖާޖުކުރަން ފެށީ މަސްވެރިންގެ ދުވަހާ ގުޅުވާލައިގެންނެވެ. އެކި ޝިއާރުތައް ލިޔެފައިވާ ބެނާތައް ދަމާފައިވާ ދޯނިތައް އިއްޔެ މެންދުރުފަހު މާލެއަށް މިސްރާބު ޖެހި ނަމަވެސް ކޯސްޓްގާޑުން ވަނީ ހުއްޓުވައިފަ އެވެ.
މިއަދު ކުއްލިއަކަަށް ދޯނިތަކަށް ފުލުހުން އަރާ ބިދޭސީން ހޯދަން ފަށައިފި އެވެ. ބޭނުމަކީ މުޒާހަރާ ރޫޅާލުމެވެ. ސިޔާސީ ގޭސް ކައްކަން އުޅެން ހަދައިގެން ފުލުހުންގެ އިދާރާއަށް ޤަދަރެއް އިޙްތިރާމެއް ކުރާ އިންސާނަކު ނެތޭ ބުންޏަސް ފާފައެއް ނުވާނެއެވެ. އިރު އިރުކޮޅާ ރައްޔިތުންގެ އިތުބާރު ހޯދާނަމޭ ކިޔާފައި ނޫސްބަޔާނެއް ނެރެއެވެ. ޖެހިގެން އަންނަ ދުވަހު ހިންގާލަނީ ކޮންމެވެސް ސިޔާސީ ޗަރުކޭސްގަނޑެކެވެ.
މަސްދޯނިތައް އޮތީ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށް ކަނޑުތޮށިން ބޭރުގަ އެވެ. ކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯއަށް ބޮޑުކަންނެލި ގަތުން ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ.
މަސްވެރިންގެ މުޒާހަރާއާ ގުޅިގެން މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން އަންނަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރަން ގާއިމްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު