އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޑރ. އިކްރާމް އަބްދުއްސައްތާރުގެ މައިގަނޑު އެއް ސަބަބަކީ އެ ޕާޓީ އިސްލާމް ކުރުން ކަމަށް ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ރައީސްކަމުގެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވިއިރު ކުރިމަތިލެއްވީ ޑރ. އިކްރާމް އާއި ޝައިޚު މުހައްމަދު ޝިފާން އެވެ.
ޑރ. އިކްރާމަކީ އަދާލަތު ޕާޓީ 2005 ގައި އުފެއްދުމުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެ ބޭފުޅާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީއަށް އިސްލާޙްތަކެއް ބޭނުންވެއެވެ. ޝައިޚް އިމްރާން އަބްދުﷲ ދެ ދައުރުގައި ރައީސްކަން ކުރެއްވި ގޮތުން ޕާޓީ ވަނީ ވަރަށް ބޮޑަށް އިސްލާން ކުރަންޖެހިފައި ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް އަދާލަތު ޕާޓީ އަށް އާންމުންގެ އިތުބާރު އަލުން ހޯދަން ވަނީ ޖެހިފަ އެވެ. އެހެންކަމުން ކުރިން އަދާލަތު ޕާޓީއަށް ލިބިފައިއޮތް ގަދަރާއި އިޙްތިރާމް އަނބުރާ އިޔާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް، ރައްޔިތުންގެ ތެރޭގައި އަނެއްކާ ވެސް މަގުބޫލު ޕާޓީއަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ޑރ. އިކްރާމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ މުއްތަލިބު އެވެ.
ކިޔުންތެރިންގެ ހިޔާލު