
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކު އެކީގައި ބާއްވަން ނުފެންނަ ކަމަށް ގޮވާލާ އެމްޑީޕީގެ ޓީމުތައް އެކި ސަރަޙައްދުތަކުގައި ކެމްޕެއިންތައް ހިންގަން ފަށައިފި އެވެ.
މާލޭގެ އެންމެ ކާރޫބާރު ބޮޑު ބަނދަރު ސަރަޙައްދުގައި މިއަދު ބޭއްވި ޕިކަޕް ޖަލްސާގައި އެމީހުން ގޮވާލީ ދެ އިންތިޚާބު އެއްކުރުމާ ދެކޮޅު ކަމަަށާއި، އެއީ ޙީލަތްތެރި ގޮތެއްގައި ސަރުކާރުގެ ބާރުތައް ބޭނުންކޮށްގެން އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ހިންގާ ޖަރީމާއެއް ކަމަށެވެ.
އިރު އިރުކޮޅާ ޤާނޫނު އަސާސީ ބަދަލުކޮށްގެން ވެސް ވެރިކަމުގައި ބަގުޑިލާން ރައީސް މުޢިއްޒު ކުރައްވާ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި އަދިވެސް އިތުރު ބަދަލުތައް ޤާނޫނު އަސާސީއަށް ގެންނާނެ ކަމަށާއި، ބޭނުމަކީ ރިޔާސީ ދައުރުގެ މުއްދަތު ދަންމާލުން ކަމަށެވެ.
އަދި ބައެއް މީހުންގެ ވާހަކަތަކުން ހާމަވީ ގޮތުގައި ރައީސް މުޢިއްޒުއަށް ރައްޔިތުންގެ ތާއީދެއް ނެތްކަން އެނގޭތީ، ނުބައި ރޭވުމެއްގެ ތެރެއިން ޤާނޫނު އަސާސީއަށް ބަދަލުތައް ގެނެސްގެން ވެރިކަމުގައި ދެމިހުރުމަށް މަރުފަލި ޖަހަނީއެވެ. އެހެން ނަމަވެސް ހިލާ އެކަން ވިޔަ ނުދޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު