ޝުޑް އައި ބީ ވޮރީޑް؟ “ޔެސް” – މާލީ ވަޒީރު

މިލައުތުރު | 13 މާރިޗު 2026 | ޚަބަރު

ދިވެހިރާއްޖޭގެ މާލީ ވަޒީރަށް އެމަނިކުފާނުގެ ދަރިފުޅުގެ ކަންބޮޑުވުންތަކާއެކު ކުރިމަތި ކުރުވި ބޮޑު ސުވާލަށް ވަރަށް ފުރިހަމަ ޖަވާބެއް ދެއްވައިފި އެވެ. އަދި އެއާ އެކު ރާއްޖޭގެ ޙާލަތު ގޯސްވިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އެޅުއްވުމުގެ މަސައްކަތްޕުޅު ފައްޓަފައިވި އެވެ.

އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށްޓަކައި 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ޙައްލުކުރުމަށް މިނިސްޓަރުންގެ ހާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލައްވާފައި ކަމަށް ވެސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

އަދި މެދުއިރުމަތީގެ ޙާލަތު އިތުރަށް ގޯސްވެ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ރިޒާވުން ކުރަން ޖެހޭ ހަރަދު ބޮޑުވެގެންދާއިރު، ރިހޭފައިމައްޗަށް ފޮއި ވެއްްޓޭގޮތަށް 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް އޮތީ ދައްކަން ޖެހިފައެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ ލޯނެއް ނަގައިގެން ތެލުގެ އަގުން ބޮޑުވާ އަދަދު ފައިނޭންސް ކުރެވޭނެ އެވެ. އަދި އެކަމަށްޓަކައި ދިވެހި ސަރުކާރުން ނަގަންޖެހޭ އެންމެ ފަހުގެ ހުއްދަ ހޯދުމަށް ރައީސަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.