ގިނަ މަސްދަރުތަކުން ބުނަނީ ނަތަންޔާހޫ މަރުވެއްޖެ ކަމަށް.

މިލައުތުރު | 15 މާރިޗު 2026 | ޚަބަރު

ގިނަ މަސްދަރުތަކުން ކަށަވަރު ކޮށްދޭ ގޮތުގައި އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާންގެ މިސައިލް ޙަމަލާއެއްގެ ޝިކާރައަކަށްވެ ޖަހަންނަމައަށް ދަތުރުކޮށްފައެވެ.

އީރާނުން ނަތަންޔާހޫގެ އޮފީހަށް ދިން ވަރުގަދަ މިސައިލް ޙަމަލާގައި މުޅި އިމާރާތްވަނީ ފަނާކޮށްލާފައެވެ. އަދި އެ ޙަމަލާއަށް ފަހު، އެެއްވެސް ތާނުން ނަތަންޔާހޫ ފެނިފައެއް ނުވެއެވެ.

ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބާރުދޭ އެހެން ސަބަބުތަކުގެ ތެރޭގައި، ނަތަންޔާހޫގެ ނަމުގައި އޭއައި ވީޑިއޯއެއް އާންމު ކުރުމާއި، އޭނާގެ އޮފީސް ސުންނާފަތިވެފައިވާތަން ވީޑިއޯ ކުރި އިންޑިއާގެ ނޫސްވެރިޔެއް ކަމަށްވާ އަދިތިޔާ ރާޖު ހައްޔަރުކުރުމާއި، އެންމެ ފަހުން ބޭއްވި ވަޒީރުންގެ މަޖިލިސްގައި ބޮޑުވަޒީރު ނެތުން ހިމެނެއެވެ.

އަދި އެހެން އިތުރު މަސްދަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޝައިޠާނީ ނަތަންޔާހޫ ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.