އައްޑޫސިޓީ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު އަތްނުފޯރާ ހިސާބަށް މައްޗަށް އުފުލިއްޖެ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި
ފައިވާއިރު ރާއްޖެއިން ބުނަމުން ދިޔައީ ތެލުގެ ސްޓޮކް އެބަހުރި ކަމަށެވެ. އަދި ތެލުގެ އަގަށް ބަދަލެއް ނައިސް އޮންނާނެ ކަމަށް ސަރުކާރުން ބުނިތާ މާގިނަ ދުވަސްތަކެއް ނުވެ ރާއްޖެއިންވެސް މިވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.
ތެލުގެ އަގަށް ބަދަލު ގެންނަކަން އެސްޓީއޯއިންވެސް ވަނީ ދާދިފަހުން ހާމަކޮށްފައެވެ. އަދި އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނައި ފަހުން އައްޑޫއިން މިހާރު ޕެޓްރޯލް ލިޓަރެއް 29.26ރ. އަށް ވިއްކަމުންދާ އިރު، ޑީސަލް ލި
ޓަރެއް ވިއްކަނީ 30.13ރ. އަށެވެ.
މި މަހުގެ 5 އިން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއްގެ އަގަކީ 16.01ރ. އަށެވެ. އޭގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 13.50ރ.އަށެވެ. އަދި ޑީސެލް ލީޓަރެއް މިހާރު 17.54ރ. އަށް ވިއްކަމުން އަންނަ އިރު، ކުރިން ޑީސަލް ލީޓަރެއް ވިއްކީ 13.92ރ. އަށެވެ.
ރާއްޖޭގައި އާންމުކޮށް ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ކުރަނީ އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްްއެސްއެމް) އިން ތެޔޮ ގަނެގެންނެވެ. އެހެންވެ އެ ފަރާތްތަކުން ވެސް ފައިދާ ލައިގެން ވިއްކާ އިރު، މި ވަގުތު އައްޑޫން ޕެޓްރޯލާއި ޑީސަލް ވިއްކަމު
ންދާ އަގާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު