ފަލަސްޠީނުގެ ޤައިދީންނަށް މަރުގެ އަދަބު ދިނުމަަށް ފާސްކުރި ކުރުން ސަރުކާރުން ކުއްވެރިއެއް ނުކުރި.

މިލައުތުރު | 2 އޭޕްރީލް 2026 | ރިޕޯޓު
2

ޝައިޠާނީ ނަތަންޔާހޫގެ ސަޙްޔޫނީ ދަޢުލަތުގެ ޤާނޫނު ހަދާ މަޖިލީހުން ޤާނޫނެއް ފާސްކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ނިންމި ނިންމުމާ ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް ބަހެއް ވިދާޅުވެފައެއް ނެތެވެ.

ފަލަސްޠީނަށް ހެޔޮ އެދޭ ސަރުކާރެއްގެ ބޯޑު އަޅުވައިގެން ވެރިކަމަށް އައުމަށް ފަހު، ނަމަކަށް އިޒްރޭލްގެ ޕާސްޕޯޓް މަނާކޮށްފައި، މިފަދަ ބޮޑެތި ޖަރީމާތައް ހިންގުމަށް ތައްޔާރު ވަމުންދާއިރު، އެކަން ކުއްވެރިކޮށް ބަހެއް ބުނެފައި ނެތުމަކީ އިޚްލާޞްތެރިކަމާ މެދު މީހުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެކެވެ.

އަދި ފަލަސްޠީނުގެ ޙައްޤުގައި ހަނގުރާމަ ކުރަމުންދާ އީރާންގެ ލީޑަރުންތައް ޝަހީދުކޮށްލުމުން ވެސް އެކަން ކުއްވެރި ކޮށްފައެއް ނުވެއެވެ. އަދި ނުވިތާކަށް އދ ގެ އިންސާނިއްޔަތާ ބެހޭ ޚާއްސަ ބައްދަލުވުމުގައި ދިވެހި ސަރުކާރުން ކުއްވެރި ކުރީ އީރާނެެވެ.

ދީންވެރިކަމާ ތަޤުވާގެ ތާކިހާއެއް ބޮލުގައި އަޅުއްވައިގެން ވެރިކަމަށް އައި ބަޔެއްގެ ފަރާތުން ފެންނަމުން މިދަނީ މުނާފިގުންގެ ކިބައިން މެނޫނީ ނުފެންނާނެ ސިފަތަކެކެވެ. އެހެންކަމުން އަނެއްކާވެސް ރައްޔިތުންނަށް އޮތީ “ނޫންގޮތެއް” ހޯދުމަށް ނިކުތުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނަޝާތު
މުއިއްޒު އަކީ މުނާފިގެއް، ވަގެއް، ދޮގުވެރިއެއް
އ އަބްދޯ
ތިޔައީ ސަހޫދީ ސަރުކާރެއް