އީރާންގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ކަމާލް ޚަރާޖީ އަވަހާރަ ވެއްޖެ.

މިލައުތުރު | 10 އޭޕްރީލް 2026 | ޚަބަރު

އީރާންގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ކަމާލް ޚަރާޒީ އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ އިޒްރޭލުން ދިން ވައިގެ ޙަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ވަރުވާ ދެމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނުގައި އީރާނުގެ ލީޑަރޝިޕްގެ ގިނަ ބަޔަކާއި އާންމުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ.

އެމެރިކާއިން 72 ގަޑީއިރުގެ ތެރޭގައި އީރާންގެ ވެރިކަން ވައްޓާލުމަށް ފެށި ހަނގުރާމައިގާ ކުރިމަތިވި ގޮންޖެހުންތައް ތަހައްމަލް ނުކުރެވި އެންމެ ފަހުން ޖެހުނީ ހަނގުރާމަ ހުއްޓާލާނެ މަގެއް ހޯދާށެވެ.

ދެ ހަފުތާގެ މުއްދަކަށް ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް އީރާނުން ވެސް ވަނީ އިޖާބަ ދީފައެވެ. އެހެން ނަމަވެސް އިޒްރޭލުން އަދިވެސް ޙަމަލަތައް ހުއްޓައެއް ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.