އދ ގެ 70 އަށް ވުރެ ގިނަ ޤައުމަކުން އިޒްރޭލާ ދެކޮޅަށް ނެރުނު ބަޔާނުގައި ރާއްޖެ ބައިވެރިއެއް ނުވި.

މިލައުތުރު | 10 އޭޕްރީލް 2026 | ޚަބަރު

ލުބުނާނުގައި އިޒްރޭލުން ހިންގަމުން ގެންދާ އުދުވާނުގައި އާންމުންނާއި ސުލްޙަ ބަލަހައްޓާ ފަރާތްތަކަށް ލިބެމުންދާ ގެއްލުންތައް ކުށްވެރިކޮށް ދުނިޔޭގެ 70 އެތައް ޤައުމަކުން ނެރުނު ބަޔާނުގައި މިފަހަރު ވެސް ދިވެހިރާއްޖޭގެ ނަން ނެތްކަން ހާމަވެއްޖެ އެވެ.

ލުބްނާނުގައި ސުލްޙަ ބެލެެހެއްޓުމަށް ހަރަކަތްތެރިވާ އ.ދ ގެ ސިފައިންނަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި އިންޑޮނީޝިޔާ ގެ 3 ސިފައިން ހިމެނޭހެން ބައެއް އެހެން ޤައުމުތަކުގެ ސިފައިން ޒަޚަމްވުމާއި ގުޅިގެން އެކަން ކުށްވެރިކޮށް އ.ދ ގެ 70 އަށް ވުރެ ގިނަ ގައުމުން ނެރުނު ބަޔާނުގައި މިފަހަރު ވެސް ރާއްޖޭގެ ނަމެއް ނެތެވެ.

މިކަން ހިނގާފައި މިވަނީ ދާދި ފަހަކުން އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއްގައި ދިވެހިރާއްޖެ އިން އީރާން ކުށްވެރިކޮށް ބަޔާން ދިނުމުން އާންމުން އިންތިހާއަށް ރަތަށް އަރާފައި ވަނިކޮށެވެ. އެ މައްސަަލައިގާ ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.