ރައީސް ޑރ. މުޢިއްޒު އަކީ މުޑުދާރު އިންސާނެއް – އައްބާސް

މިލައުތުރު | 12 މޭ 2026 | ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ މުޑުދާރު އިންސާނެއްް ކަމަށް ބުނެ ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އައްބާސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޕީ އައްބާސް ވިދާޅުވީ ނޫސްވެރިކަން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވިޔަސް، ރައްޔިތުންގެ އަނގަބަންދުވެ ކުޑަކަކޫ ނުޖެއްސޭނެ ކަމަށެވެ. އައްބާސް މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިހިރަ މުޑުދާރު އިންސާނާއެވެ. ތި މުޑުދާރު މީހާގެ ކުރިމަތީގައި ދިވެހި ރައްޔިތުން އަގަބަންދުވެ ކުޑަކަކޫ ނުޖަހާނެކަން ދަންނާތި! ތި މުޑުދާރު މީހާ އާ ދިވެހި ރައްޔިތުން ސާބިތުވެ ކުރިމަތިލާނެ. ތި މުޑުދާރު މީހާ އާ ޤާނޫނު އަސާސީ އަރާ ހަމަކުރާނެކަން ދަންނާތި. ގޮއްމުށުގެ ބާރުން ވެރިކަން ކުރެވޭނެކަމަށް ހީނުކުރާތި.

ނޫސްވެރިޔާ ޝަހުޒާން އާއި ނޫސްވެރިޔާ ލީވާން ވަނީ މިއަދު ޖަލަށް ލާފައެވެ. ޝަހުޒާން 15 ދުވަހަަށް އަދި ލީވާން 10 ދުވަހުގެ މުއްދަތަށެވެ. އެއީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް އެ ދެމީހުންގެ މައްޗަށް ސާބިތުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.