ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމަށް އައީ ދުނިޔޭގެ މަޝްހޫރު ޑައިވަރުންތަކެއް!

މިލައުތުރު | 17 މޭ 2026 | ޚަބަރު

ވ. އަތޮޅުން ޑައިވީނަށް ދިޔަ 5 ޑައިވަރުންގެ ތެރެއިން ނުފެނިވާ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން ހިންގާ މިޝަންއަށް ލަފާދޭ ޓީމުގައި ތައިލެންޑްގެ ހޮހޮޅައިގާ ތާށިވި ކުދިންތައް ސަލާމަތްކުރި މަޝްހޫރު ޑަރިވަރެއް ކަމަށްވާ ޖޯން ވޮލަންދެން ވެސް ހިމެނެއެވެ.

އިޓަލީގެ ޑައިވަރުންގެ ތެރެއިން އެކަކުގެ ހަށިގަނޑު ފެނިފައިވާއިރު ބާކީ ހަތަރު މީހުންގެ ހަށިތައް ހޯދުމަށް ހިންގި އޮޕަރޭޝަންގައި އެމްއެންޑީއެފްގެ ޑައިވަރަކު ވަނީ އިއްޔެގައި ނިޔާވެފައެވެ. ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު އަލުން މިޝަން އަލުން ފެށުމަށްޓަކައި ފިންލޭންޑްގެ ތަޖުރިބާކާރުންތަކެއް ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފައެވެ.

ޑައިވަރުން ހޯދުމަށް ހިންގާ މިޝަންއަށް ލަފާ ދޭ މީހުންގެ ތެރޭގައި 2018 ވަނަ އަހަރު ތައިލެންޑްގެ ހޮހޮޅައިގައި ތާށިވި ކުދިން އެންމެ ފުރަތަމަ ހޯދި ދެ ޑައިވަރުންގެ ތެރޭގައި ހިމެނޭ އެއް ޑައިވަރު ހިމެނުމަކީ މަސައްކަތް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.