މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާއަށް 64 މިލިޔަން ޑޮލަރު ދިނުމަށް ސްޕެއިންގެ ހައިކޯޓުން ހުކުމް ކޮށްފި.

މިލައުތުރު | 18 މޭ 2026 | ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ޝަކީރާއަށް 64 މިލިޔަން ޑޮލަރު ދެއްކުމަށް ޓެކްސް އޮތޯރިޓީގެ މައްޗަށް ސްޕޭންގެ ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ޓެކްސްއަށް މަކަރު ހެދުމުގެ ތުހުމަތުގައި 2021 ވަނަ އަހަރު އޭނާ ވަނީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ. އަދި 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ބެލެވުނެވެ. އޭނާ ނުދައްކާ ކަމަށް ބުނާ ޓެކްސް އާއި ޖޫރިމަނާއާ އެކު 29 މިލިޔަން ޑޮލަރު ސްޕެއިންގެ ޓެކްސް އޮތޯރިޓީއަށް ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

ބާސެލޯނާގެ ކޯޓުގެ ހުކުމްގައިވާ ގޮތުން އޭނާއަކީ ސްޕެއިންގެ ރައްވެއްސަކަށް ނުވާތީ، އޭނާގެ އަތުން ނަގާފައިވާ ޓެކްސް އާއި ޖޫރިމަނާއަކީ ޤާނޫނާ ޚިލާފަށް ނަގާފައިވާ ފައިސާކަމަށާއި، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލާއެކު ޖުމްލަ 64 މިލިޔަން ޑޮލަރު ދިނުމަށް ޓެކްސް އޮތޯރިޓީގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ޝަކީރާ ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި އޭނާގެ ސިއްޙަތަށާއި، އާއިލާއާއި، އަބުރާ އިއްޒަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މިއަދަކީ އެހުރިހާ ކަމަކަށް އިންސާފު ލިބުނު ދުވަސް ކަމަށެވެ. މި މައްސަލަގަނޑުގެ ތެރޭގައި އޭނާގެ އާއިލާ ވެސް ވަނީ ރޫޅިފައެވެ. އެހެން ނަމަވެސް މިއަދު އޭނާ ހުރީ ވަރަށް އުފަލުންނެވެ. އަދި އޭނާގެ ހިތްވަރަށް މީހުންގެ ތައުރީފު ދަނީ އޮހެމުންނެވެ. ޚުދު ޕީކޭ ވެސް އުނބަށް ޖަހާފާނެ ކަހަލައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.