ދުބާއީ އެއާޕޯޓު ފަޅުވެ ފަތުރުވެރިކަން ބޮޑުތަނުން ދަށަށް!

ޝާން މުޙައްމަދު | 14 ޖޫން 2026 | ޚަބަރު

ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމުތަކުގެ ތެރޭގައި ހިމެނޭ ދުބާއީގެ ފަތުރުވެރިކަން އިނދަޖެހި އަހަރުތަކެއް ފަހަތަށް ވެއްޓިއްޖެއެވެ.

ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ދުބާއީގެ ފަތުރުވެރިކަން އާދަޔާ ހިލާފަށް ދަށަށް ގޮސްފައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުން އި
ންތިހާއަށް ގޮސްފައިވާތީއެވެ. އަދި ދުބާއީ ފަދަ ގައުމުތަކާ އީރާނުން ކުޅެން ފެށުން ވެގެން ދިޔައީ އީރާނުގެ ބާރުގަދަކަންވެސް ފެނިގެން ދިޔަ ކަމަކަށެވެ.

ނިރުބަވެރި އިސްރާއީލާއި އެ ޖަމާއަތަށް ވާގިވެރިވާ އެމެރިކާއިން ފަލަސްތީނާއި މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުމުގެ އަސަރު މުޅި ދުނިޔެއަށް
ވަނީ ކުރިމަތިވެފައެވެ. އަދި މިކަމުގެ އަސަރު ސީދާކޮށް އެންމެ ބޮޑަށް ކުރަނީ އެ ސަރަހައްދުގެ ގައުމުތަކަށެވެ. އޭގެ ތެރެއިންވެސް ވަކިން ހާއްސަކޮށް އެމެރިކާއަށް ވާގިވެރިވާ ގައުމުތަކަށް އަންނަ ލޮޅުންތައްވެސް ވަނީ އިތުރުވެފައެވެ.

ހަމަނުޖެހުން ވަރުގަދަވެ އީރާނުން ވަނީ ދުބައި އަށް ރޮކެޓް ހަމަލާތަކެއްވެސް ދީފައެވެ. އަދި އެ ހަމަލާތަކަށް ފަހު ދުބައި އަށް ދަތުރުކުރާ މުއްސަނދީންނާއި ބޭރު ގައުމުތަކުގެ ފަތުރުވެރިން އެގައުމަށް ދަތުރުކުރުން ވަނީ ވަރަށް މަދު
ވެފައެވެ. އެއާއެކު އެގައުމުގެ ފަތުރުވެރިކަން ކުރާ ތަންތަނަށް ފަތުރުވެރިން އަންނަ މިންވަރު ދަށަށްގޮސް ވިޔަފާރިތައްވެސް ވަނީ ދަށަށް ގޮސްފައެވެ. އަދި ހޮޓެލްތަކާއި ރިސޯޓުތައް ނުހުއްޓައި ކުރިޔަށް ގެންދިއުމަށް މިހާރު ގިނަ ތަންތަނުން ވަނީ ދެގުނަ އަގު ހެޔޮކޮށް ކޮޓަރިތައް ވިއްކަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.