ސިނގިރޭޓު އަގު ހެޔޮކުރަން މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މުޙައްމަދުބެ

މިލައުތުރު | 1 ޖުލައި 2026 | އެހެނިހެން

ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަ ކުއްލި ބަދަލުތަކާއެކު ކާބޯތަކެތީގެ އަގުތައް ދަނީ ބޮޑުވަމުންނެވެ. އޭގެތެރޭގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވެސް ހިމެނެއެވެ. ނަމަވެސް، ރައްޔިތުން ހައިރާން ކޮށްލުވާފަދަ ކަމެއްގެ ގޮތުގައި ސިނގިރޭޓުގެ އަގު ހެޔޮކުރަން މިއަދު ވަނީ ޤާނޫނެއް ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވައިދެއްވީ ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބްރާހީމް (ތެޔޮ މޮހޮންމަދު) އެވެ. ރައްޔިތުންގެ މަޖިލީހުގައި އަލަށް ވެސް ބަހެއް ވިދާޅުވި ފަހަރު، ރައްޔިތުންނަށް ގެނެސްދެއްވީ ނުހަނު މުހިއްމު އެއްޗެކެވެ. އެއީ ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ގެނެސްދެއްވި ބޮޑު އުފަލެކެވެ.

Advertisement

މި ބިލަށް ވޯޓަށް އެހުމުން ފާސްކުރަން ފެންނަކަމަށް 68 މެންބަރުން ވޯޓުދީފައި ވެއެވެ. އަދި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ. މި ބިލް ތަސްދީޤުކުރެއްވުމުން ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަވެގެންދާނެ އެވެ. އެހެންކަމުން ސިނގިރޭޓް ފޮއްޓެއް 100 ރުފިޔާއަށް ހެޔޮ ވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މި ބިލް ކޮމަންޑޫ ދާއިރާގެ މެންބަރު ލައްވައި ހުށަހެޅުއްވުމުން ދާއިރާގެ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައެވެ. އެހެނީ މަޖިލީހުގައި އިންނަކަން ވެސް ނޭނގޭހާ ޚުލްޤު ހެޔޮ ބޭކަލަކު ލައްވައި މިފަދަ ބިލެއް ހުށަހެޅުމަކީ ޤަބޫލުކުރަން އެމީހުންނަށް ފަސޭހަކަމަކަށް ނުވިއެވެ. މިކަމާ ހިތްހަމަނުޖެހިފައިހުރި މީހަކު ބުނީ،  ދެން “ތެޔޮ މޮހޮންމަދު” ގެ ބަދަލުގައި ކިޔާނީ “ސިނގިރޭޓް މޮހޮންމަދު” ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.