ބަދިގެ އިސްރާފު ނައްތާލާ އެއްބަސްވުމެއްގައި ނ. ޅޮހީ ކައުންސިލުން ސޮއިކޮށްފި.

މިލައުތުރު | 9 ޖުލައި 2026 | ޚަބަރު

ބަދިގެ އިސްރާފު ނައްތާލުމުގެ އެއްބަސްވުމެއްގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލުން ސޮއިކޮށްފި އެވެ. މިއީ ދިވެހިރާއްޖޭގައި ސޮއިކުރެވުނު އާދަޔާ ޚިލާފު މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

ޅޮހީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައިވާ ގޮތުން މި އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީޚަކީ 1 ޖުލައި 2026 އެވެ. އަދި އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ އެއް އަހަރު ހަމަވާނީ 1 ޖުލައި 2027 ވަނަ އަހަރުގައެވެ. މި އެއްބަސްވުމުގައިވާ ގޮތުން ކޮންޓްރެކްޓަރަށް މަހަކު 4800 ރުފިޔާ ކައުންސިލްގެ ފަރާތުން ދޭންޖެހެއެވެ.

Advertisement

މި ކޮންޓްރެކްޓް ދީފައިވަނީ ރ. މަޑުއްވަރީ ނޫރަންގޭ ޢަބްދުލްފައްތާޙް ޢަބްދުލްހާދީ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.