ރައީސް ޑރ. މުޢިއްޒަށް ލަފާދޭން 100 މީހުން ހަމަޖައްސަނީ…

މިލައުތުރު | 1 އޮގަސްޓު 2026 | ޚަބަރު

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި މަތިވެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން އުފައްދާ މަޖިލީހުގައި 100 އަށް ވުރެ ގިނަ މީހުން ބައިތިއްބާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ހަމަމަގަށް އަޅުވަން މަޝްވަރާ މަޖިލީހަކާއި ލަފާދޭ ގައުމީ މަޖިލީހެއް އެކުލަވާލައްވާނެކަން އިއުލާނު ކުރެއްވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީއެސްއެމުން ގެނެސްދޭ “ނޭޝަން ޗެޓް” ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމަށް ހިދުމަތް ކޮށްދެއްވާފައިވާ އެތައް ބޭފުޅުންނެއް އެބަތިއްބެވި ކަމަށާއި، އެ އެންމެން ވެސް އެމަނިކުފާނަށް މަޝްވަރާ ދެއްވަން ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ.

Advertisement

އެފަދަ ނިޒާމެއް އޮންނަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ގައުމީ މަޖިލިސް އެކުލަވައިލަން ނިންމެވީ އެ ސަބަބަށްޓަކައި އެކަނި ކަމަށެވެ. އަދި މަޖިލީހުގައި ދާއިރާތަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް ބަހެއް ބުނުމުގެ ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެމީހުން އެކަން ކޮށްދޭން ޖެހެނީ އުޖޫރައަކަށް ކަމެއް، ހިލޭކަމެއް އަދި މުޅިން ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.