ޑޮލަރުގެ އަގު ތިރިކުރުމަށްޓަކައި ފައްސިކޮށް ވިސްނުމުގެ ގޮތުން މާދަމާ ހޭލާއިރު ޑޮލަރު ރޭޓް 12.85 އަށް ތިރިވުމަށް މީހުން އުންމީދު ކުރަން ފަށައިފި އެވެ.
ނޫސްތަކުގައި ޑޮލަރު އަގުބޮޑުކޮށްފައި ސުރުޚީތައް އެޅުމަކީ ކޮންމެވެސް ގޮތެއް ވެގެން ކަޅުބާޒާރުގައި ޑޮލަރުގެ އަގު މައްޗަށްދާނެ ކަމެއްެގެ ގޮތުގައި ތަޖުރިބާކާރުން ބުނާތީ، އެކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވެފައެވެ. އަދި ޑޮލަރުގެ އަގު ދަށް ކުރުމުގެ ގޮތުން މީހުން ފައްސިކޮށް ސްޓޭޓަސްތައް ލިޔަން ވަނީ ފަށާފައެވެ.
ޑޮލަރުގެ އަގު ތިރިކުރުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީން ވަނީ މިރޭ “ދަތިވެއްޖެ” ނަމުގައި މާލޭގައި މުޒާހަރާ ކޮށްފައެވެ. ވެހުނު ބޯވާރެޔާއެކު ވެސް ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު