މޯލްޑިވްސް ބްރޯޑްކާސްޓިންގ އެންޑް މީޑިޔާ ރެގިއުލޭޝަން ޤާނޫނުގެ ދަށުން މިލައުތުރު އޮންލައިން އަދާހަމަކޮށް އެމްއެމްބީސީގައި ރީ-ރެޖިސްޓަރ ކޮށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފިއެވެ.
މިލައުތުރު އޮންލައިން އަލަށް ރަޖިސްޓަރީ ކޮށްފައިވަނީ 2023 ވަަނަ އަހަރުގައެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ މުއްދަތުގައި ނޫސްވެރިކަމުގެ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މިލައުތުރުން އަބަދުވެސް ކުރިއަށް ދާނީ ޤާނޫނާއި ޤަވައިދާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ވަކި ފަރާތަކަށް ބުރަނުވެ ޚަބަރުތައް ގެނެސްދިނުމަށް މިލައުތުރު އޮންލައިންގެ ނޫސްވެރިން ކުރައްވަނީ ޤައުމީ މަސައްކަތެކެވެ.
މިފުރުސަތުގައި މިލައުތުރު އޮންލައިންއަށް މާލީގޮތުންނާއި، ފަންނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން އެހީތެރިވެދެެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރާއި މަރުޙަބާ ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު