އަލަމްގިރިއަށް ބަންގާޅުގެ ރައީސްކަން ލިބިއްޖެ.

މިލައުތުރު | 21 އޮގަސްޓު 2026 | ސިޔާސީ

ބަންގާޅުގެ ރައީސްކަމަށް އިންތިޚާބުވީ ރާއްޖޭގައި މަޝްހޫރުވި އަލަންގިރިއެއް ނޫނެވެ. އެއީ ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރުއެވެ. އަލަމްގީރު ވާނީ ބަންގާޅުގެ 23 ވަނަ ރައީސަށެވެ.

އާލަމްގީރު މި މަގާމަށް އިންތިހާބުވީ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުންނެވެ. އޭނާ އިންތިޚާބުވީ 255 ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އިދިކޮޅު ކޯލިޝަންގެ އޮލީ އަހުމަދަށް ލިބިވަޑައިގަތީ އެންމެ 88 ވޯޓެވެ.

Advertisement

ބަންގާޅުގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ ޝަހާބުއްދީން ޖުލައި މަހު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވެ އެވެ.

އަލަމްގީރުގެ މިހާރުގެ އުމުރަކީ 78 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.