ށ. ފޯކައިދޫ ފެނަކައާގުޅޭ އަސަރުގަދަ ވާހަކަތައް ކިޔައިދިން ނައިނާ ވަޒީފާއިން ވަކިކޮށްފި.

މިލައުތުރު | 29 އޮގަސްޓު 2026 | ޚަބަރު

ށ. ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ގެންދިޔަ ސީނިޔަރ ޓެކްނީޝަން ޚަދީޖަތު ނައިނާ ވަޒީފާއިން ވަކިކޮށްފި އެވެ.

އޭނާއަކީ ފޯކައިދޫ ފެނަކައިގާ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި ގެންގުޅުނު ބޭއިންސާފުވެރިކަން އާއްމުންގެ ސަމާލުކަމަށް ގެނެސްދީ ސޯޝަލް މީޑިޔާގައި ވަރަށް އަސަރުގަދަ ވާހަކަތަކެއް ހިއްސާކުރި ފަރާތެކެވެ.

Advertisement

އެމީހުންގެ ޕާރޕޯމަންސް އެޕްރައިސަލް ހެދުމުގައި އަމަލުކުރި ގޮތާ ގުޅޭގޮތުން ނައިނާ ބުނެފައިވަނީ، އެމީހުން އެދުނީ ޚާއްޞަ ގޮތަކަށް އަމަލުކޮށްދިނުމަކަށް ނޫންކަމަށާއި، އެދުނީ އިންސާފުވެރި  އެޕްރައިސަލަކަށް ކަމަށެވެ. ފެނަކަ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 16–17 މީހުން ސްޓޭޝަން އިންޗާޖާ ބައްދަލުކުރީ ވަޒީފާގެ އެޕްރައިސަލްތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންކަމަށެވެ. ދީފައިހުރި މާކްސްތަކާއި ޕަސެންޓްތައް ހީވެސް ނުކުރާހާ ދަށްވެ، ޤުދުރަތީ އުސޫލާ ޚިލާފަށް ހުރުމުން ކަމަށެވެ.

ވެރިޔާ އެދުވަހު ވަޑައިގަތީ ގާތްގަނޑަކަށް 3:00 ހާއިރު، އަދި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން މަޝްވަރާ ކުރިން. އަޅުގަނޑުމެން އެދުނީ އަޅުގަނޑުމެންގެ އެޕްރައިސަލްތައް ރިވިއު ކުރުމަށް ނުވަތަ އަލުން ހެދުމަށް، އެކަމަކު އަޅުގަނޑުމެންގެ ގާތުގައި ބުނީ އެޕްރައިސަލްތައް މިހާރުވެސް ހެޑް އޮފީހަށް ފޮނުވާފައިވާ ކަމަށް.

އެމީހުން ކުރިހާވެސް ސުވާލަކީ އެމީހުންގެ މާކްސް ނިންމީ ކިހިނެއްތޯ ކަމަށެވެ. ވެރިޔާ ކިޔައިދިން ގޮތުގައި އެންމެ ފަހުގެ މެމޯގައިވާ ގޮތުން، އެޕްރައިސަލް ހިންގުމުގެ ބާރު ސްޓޭޝަން އިންޗާޖަށް ލިބިގެންވެއެވެ. އެހެން ނަމަވެސް އެޕްރައިސަލްތައް އާންމުކޮށް ކުރަނީ ސުޕަވައިޒަރުންނެވެ. އަދި އެމީހުންނަށް ވިސްނޭ ގޮތުގައި ވެރިޔާއަށް ހާޒިރީއާއި ހާޒިރުނުވުން ފަދަ ކަންކަން ވަޒަންކުރެވުނު ނަމަވެސް، ކޮންމެ ދުވަހަކު ކުރާ މަސައްކަތްތަކެއް ޙަޤީޤަތުގައި ނޭނގޭނެ ކަމަށެވެ.

އެމީހުން އަމިއްލައަށް އިސްނަގައި، ޒިންމާ ނަގައި، ޑިއުޓީ ޝެޑިއުލްތަކުގެ ބޭރުންވެސް މަސައްކަތްތައް ފުރިހަމަ ކުރާކަމަށާއި، ސުޕަވައިޒަރުން ވެސް ސީދާގޮތެއްގައި އެކުގައި މަސައްކަތް ކުރާއިރު، ޕާރފޯމަންސް އެންމެ ރަނގަޅަށް އެނގޭނީ އެމީހުންނަށް ކަމަށެވެ. ދެން ސުވާލުކުރީ އަޅުގަނޑުމެންގެ މާކްސް ދިނުމުގެ ކުރިން ސުޕަވައިޒަރުންނާ މަޝްވަރާ ކުރެވިފައިވޭތޯއެވެ. ޖަވާބުގައި ބުނީ ނުކުރާ ކަމަށެވެ.

ނައިނާގެ އަސަރު ގަދަ ވާހަކަތައް ނިންމާލަމުން ބުނެފައިވަނީ، އެއީ 16 އަށް ވުރެ ގިނަ މުވައްޒަފުން ކަމަށާއި، އެއީ ފޯކައިދޫގެ 16 އަށް ވުރެ ގިނަ އާއިލާ ކަމަށެެވެ. ކުރިއަށް ދާނީ ރަނގަޅު ކަމަށް ގަބޫލުކުރާ ކަންކަމަށް ތެދުވަމުން ކަމަށާއި، ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް ގޯހަކީ ގޯސް ކަމަށް ބަލައިގެން ކަމަށެވެ. އަދި އިންސާފު ލިބެންދެން އެކުގައި ދެމިތިބޭނެކަމަށް ބުނެފައެވެ.

ނައިނާއަށް ވަޒީފާ ލިބިފައިވަނީ 10 އޭޕްރީލް 2022 ގައެވެ. އޭނާ ވަޒީފާއިން ވަކިކުރަނީ 30 އޮގަސްޓް 2026 އިންނެވެ. ނައިނާގެ އިތުރުން ވެސް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަނީ ވަކިކުރި ކަމުގެ ޗިޓު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.