އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކޮންމެ މީހަކު ވާދަކުރިކަމުގައި ވިޔަސް ތާއީދުކުރައްވާނީ ފައްޔާޒް އިސްމާޢީލަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ތާއީދު އެކި ފަރާތްތަކަށް ލިބޭ ކަމަށް ބުނެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި އެކަން ސާފުކޮށްދެއްވައި ވަރަށް ސީދާގޮތެއްގައި ފައްޔާޒަށް ތާއީދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި އިތުރު ބަހުސެއް ނެތްކަމަށާއި، ޝައުޤުވެރިވާ އެންމެންނަށް ވެސް ފުރުސަތު އޮތްކަމަށާއި، އެހެން ނަމަވެސް ކޮންމެ މީހަކު ވާދަކުރިކަމުގައި ވިޔަސް ތާއީދުކުރައްވާނީ ހަމަ ފައްޔާޒް އިސްމާޢީލަށް ކަމަށެވެ.
ޓީވީ ޕްރޮގްރާމަކަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެސް އަދި ކުރީގެ ރައީސް ސޯލިޙް ވެސް ވާދަކުރެއްވުމުގެ ބޭނުމެއް ނެތްކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިޙް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އާއި އެމްޕީ ޝަމްހީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު