ރާއްޖޭގެ ބައެއް މީހުން މަޝްހޫރުވެފައި ދެން ބަރަހަނާވާ މައްސަލައަކީ ވެސް ހައްލެއް ހޯދަންޖެހޭ މުހިއްމު ކަމަކަށް މިވަނީ ވެފައެވެ.
މީހެއްގެ މަގުބޫލުކަން އިތުރުވެ ރައްޔިތުން އެމީހަކަށް އިތުބާރުކުރާ ހިސާބަށް ދާ ފަހުން ދެން ފެންނަނީ ބަރަހަނާވާ ތަނެވެ. އެހެންވުމަކީ އެތައް ބަޔަކަށް ބޮޑު ސިހުމެއްލިބި މަޝްހޫރު މީހުންނަށް އިތުބާރުކުރުން ވެސް އަދު މިވަނީ އުނދަގޫ ކަމަކަށް ވެފައެވެ.
މިހާރު ވެސް މިއުޅެނީ އެފަދަ ކަމެއް ދިމާވެގެންނެވެ. މީހުންގެ މެދުގައި ވަރަށް މަގުބޫލު ނޫސްވެރިޔަކު ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ވީޑިއޯތަކެއް ލީކުވެގެންނެވެ. އަދި މިފަދަ ހާދިސާތައް މިދަނީ އިތުރު ވަމުންނެވެ. މިފަހަކަށް އައިސް މިފަދަ އެތަކެއް ބަރަހަނާވުންތަކެއް ފެނިގެން ގޮސްފިއެވެ.
މިއީ މަޝްހޫރުވާ ޒުވާން ކުދިން ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ. ތިބާ އާއި ގާތްކުރެވެނީ ވިހަލާ ހަރުފައެއްތޯ ނޫންތޯ ޔަޤީންކުރުމަކީ ލާޒިމް ކަމަށް ވެއްޖެ ނޫންތޯއެވެ.

ކިޔުންތެރިންގެ ހިޔާލު