ރަސްމާލޭގައި މަޝްރޫޢާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
ކޮލަމާފުށީ ދާއިރާގެ ރައީސް މަހުފޫޒް ސައީދު ހުށަހެޅުއްވި ޤަރާރު ފާސްކުރީ 57 މެންބަރުންގެ ތާއީދާ އެކުގައެވެ.
މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާގެ ނަމުގައި ހިންގާ ރަސްމާލޭ މަޝްރޫއަކީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ލިބޭގޮަތަށް އޮތް މަޝްރޫޢެއް ކަމަށާއި، މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރަން ވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހުގައި ކަމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.
އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލުމުގެ މުޢާމަލާތަކީ އެއްވެސް އެކުއިސިޝަން ކޮސްޓެއް ނުވަތަ ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރުގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ދިނުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އަދި އެތަން ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކޮންމެ ފަހަރަކު މުއްދަތު 99 އަހަރަށް އާވާ ގޮތަށް އޮތް އޮތުމަކީ ދާއިމަށް ބިންތައް ބޭރުމީހުންނަށް މިލްކުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު