އީގަލް ހިލްސްގެ ރަސްމާލެ މަޝްރޫޢު ރަނގަޅު ނަމަވެސް ރައްޔިތުން ކުރެން އަހަންޖެހޭނެ – އަންނި

މިލައުތުރު | 22 ނޮވެމްބަރ 2026 | ރިޕޯޓު

މި ސަރުކާރުން ރަސްމާލޭގައި ހިންގަން އުޅޭ ރެސިޑެންސީ މަޝްރޫއު ހިންގަން ރަނގަޅު ނަމަވެސް ރައްޔިތުން ކުރެ އަހަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނަށް ސާފުނުވާ ކަންތައްކެއް އެބަހުރި ކަމަށާއި، ރައްޔިތުންގެ ތާއީދާއި އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށާއި، ފެންނަ ނުފެންނަ ވޯޓަަކަށް ދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެކަން ހުށަހަޅައި ރައްޔިތުން ދެކޭ ގޮތް ބަލަން ޖެހޭ ކަމަށެވެ.

Advertisement

ރަސްމާލެ މަޝްރޫޢަށް ތާއީދު ކުރައްވާ ކުރީގެ ރައީސް ނަޝީދު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަަކަފުޅު ދައްކަވާފައެވެ. އިއްޔެ ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައި، ތަފާތު ގޮތަކަށް ވާހަކަފުޅު ދެއްކެވުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.