ޞަފޫރާއަށް ވެސް ސިޔާސީ ގުއިތަފާލަކަށް އެރުނީ ބާއެވެ.

މިލައުތުރު | 17 އޮކްޓޯބަރ 2024 | ސިޔާސީ

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ކުރީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ އަކީ ސްޓޭޓް މިނިސްޓަރު ކަން ލިބުމުން އެންގުމަކާ ވެސް ނުލާ ސްކޫލަށް ގެއްލުނު ބޭފުޅެކެވެ.

ސީއެޗްއެސްއީ ގައި 22 އަހަރު ވަޒީފާ އަދާކުރުމަށް ފަހު، ސިޔާސީ މަޤާމަކަށް ދިޔައީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެއީ މިހާރުގެ މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢުގެ ހޮއްވެވުމެއް ކަމަށް ބައެއް ގާތް މީހުން ބުނެފައި ވެއެވެ. ސްކޫލުގައި ވަރަށް މަޤޫލުކަން ލިބުނު ޕްރިންސިޕަލްގެ ކުއްލި ބަދަލަކީ ވަރަށް ގިނަ ބަޔަކަށް ހައިިރާން ކަމެއް ލިބިގެންދިޔަ ކަމެކެވެ. އަދި މިހާރު މިފެންނަނީ 7 މުގޯލިން ގައު ނަގާތަނެވެ. ސިޔާސީ މަޤާމެއްގައި އަދާކުރަންޖެހޭ ބައެއް މަސްޢޫލިއްޔަތަކީ ބައެއް މީހުން ކުރާން ބޭނުންވާނެ ކަމެއް ނޫނެވެ. ޞަފޫރާ މެޑަމްއަށް މިވަނީ އެކަހަލަ ގޮތެއް ކަމަށް ވެދާނެ ކަމަށް އޭނާ ދަންނަ ބައެއް މީހުން އެބަ ބުނެއެވެ.

Advertisement

އެޑިކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވީ މިއަދުއެވެ. އަދި ރައީސް އިޢުލާން ކުރައްވާފައިވާ ވަޒީފާއިން ވަކިކުރާ 7 ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ހިމެނިދާނެތީ ބިރުން ހުއްޓާ އަނެއްކާ ވެސް ހަފޮޅުން އެތެރެ ވެވިއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.