ވިއްސާރައިގާ ހެނބަދޫއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ.

މިލައުތުރު | 17 ޑިސެމްބަރ 2024 | އަތޮޅުތަކުން

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ނ. ހެނބަދޫގައި ފެންބޮޑުވެ ރަށުގެ ގިނަ ގެތަކަކަށް ބޮޑެތި ގެއްލުންތައް ވެއްޖެއެވެ.

އެ ރަށުން ވާހަކަދެއްވި މީހަކު ބުނިގޮތުގައި މިއަދުގެ ހެނދުނު ގިނަ އިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ރަށުގައި ވަނީ ފެން ބޮޑުވެފައެވެ.

Advertisement

ގާތްގަނޑަކަށް ހެނދުނު 6:00 ހާއިރު ވެހެން ފެށިގޮތަށް ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހުމުގެ ސަބަބުން ރަށުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވީ ކަމަށެވެ. ވިއްސާރަ ވިލާގަނޑުގައި ބޯކޮށް ވާރޭ ވެހި ބައެއް ހިސާބުތަކުގައި ދެ ފޫޓު މައްޗަށް ފެން ބޮޑުވިކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.