ބޮޑު އީދު ބޮޑުކޮށް: މި އަހަރުގެ ބޮޑު އީދުގައި 2000 މީހުންވަރު ރަށަށް ޒިޔާރަތްކުރާނެ – ފޯކައިދޫ ކައުންސިލް

މިލައުތުރު | 1 ޖޫން 2025 | ރިޕޯޓު
18

ށ. ފޯކައިދޫ އަކީ އީދު ފޯރި އަބަދުވެސް ގަދަ ރަށެއްކަމުގައިވީ ނަމަވެސް، މި އަހަރުގެ ބޮޑު އީދު ކުރީ އަހަރުތަކަށް ވުރެ ވެސް ބޮޑު ވާނެ ކަމަށާއި، “ބޮޑު އީދު ބޮޑުކޮށް” ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިނާ ގުޅިގެން ރަށުން ބޭރުގައި ދިރިއުޅޭ ރަށު މީހުން ހިމެނޭހެން 2000 އަށް ވުރެ ގިނަ މީހުން އީދުގައި ރަށަށް ޒިޔާރަތް ކުރާނެ ކަމަށް އެ ރަށު ކައުންސިލުން ލަފާކޮށްފިއެވެ.

ބޮޑު އީދަށް ފޯކައިދޫއަށް ޒިޔާރަތް ކުރަންވީ ސަބަބުތައް ބަޔާންކޮށްދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ، ޘަޤާފީ ކުޅިވަރުތަކާއި ޒަމާނީ ކުޅިވަރުތަކާއެކު، ކޮންމެ ދުވަހެއްގެ ވެސް ތިން ދަންފަޅީގައި ކުޅިވަރުތައް ކުރިއަށްދާ ގޮތަށް ތާވަލުކުރެވިފައި ވާކަމަށާއި، މުޅި ރަށް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ.

Advertisement

ރައީސް އާސިފް އިތުރަށް ވިދާޅުވީ، އީދުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހެނދުނާއި، ހަވީރާ އަދި ރޭގަނޑަށް ޚާއްސަ ކުޅިވަރު ހަރަކާތްތައް ރޭވިފައިވާ ކަމަށާއި، ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރަށު މީހުންނާއި ރަށުން ބޭރުން ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި އޮންނާނެ ކަމަށާއި، މިފަހަރުގެ ބޮޑު އީދު ބޮޑުވާނެ ކަމަށެވެ.

ބޮޑު އީދަކީ އިޤްތިޞާދީ ފައިދާތަކެއް ވެސް ރަށަށް ލިބިގެންދާ މޫސުމެކެވެ. އެގޮތުން ޗުއްޓީ ހޭދަކޮށްލުމަށާއި، އީދު ކުޅިވަރުތަކުގައި ބައިވެރިވެލުމަށްޓަކައި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ކުރާ ހޭދައަކީ ރަށުގެ އިޤްތިޞާދަށް ވަންނަ އާމްދަނީއެކެވެ. އަންދާޒާކުރެވޭ ގޮތުގައި މި އަހަރުގެ އިޤްތިޞާދީ މަންފާ ވެސް އިތުރުވެ، 5 މިލިޔަން ރުފިޔާ ފަހަނައަޅާ ދާނެއެވެ.

އެންމެ ޚާއްސަ ކުޅިވަރުތަކުގެ ތެރޭގައި ދެލިމާލި ނެށުމާއި ކޯޑި ކުޅުން ހިމެނެއެވެ. އަދި މިފަދަ ކުޅިވަރުތަކަކީ ފޯކައިދޫއަށް ޚާއްސަ ޙަރަކާތްތަކެއް ކަމަށާއި، މިފަހަރު އެފަދަ ޘަޤާފީ ކުޅިވަރުތައް  ފެނިގެންދާނީ އިހުޒަމާނުގައި ވެސް އެފަދަ ކުޅިވަރުތައް ކުޅެ އުޅުނު އަސްލު ގޮތަށް ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

އަދި ރަށުގައި އޮންނަ ސިޔާސީ ވާދަވެރިކަން އެއްފަރާތްކޮށް، އެންމެހާ ރައްޔިތު އަންހެނުން އަދި ފިރިހެނުން ވެސް އެކުގައި އެއްރޫޙެއްގައި ތައްޔާރުވަނީ، އެންމެންނަށް އުފާވެރި އީދަކަށް މިފަހަރުގެ ބޮޑު އީދު ހެދުމަށްޓަކައެވެ. އެހެންކަމުން މިފަހަރުގެ ބޮޑު އީދަށް ދާންވީ ފޯކައިދޫއަކަށް ނޫންތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

N NISHAM
ބޭނުމީ ޓިކެޓެއް ދޭނެ މީހަކު އެހެން ހުރިހާ ކަމެއް ހުރީ ހަމަޖެހިފަ.
Thi rashugai eulhey Nadir operate kuraa bot Shiham mainthiri kuri dhuvahakun noonee nudhaanan
އަލީ މޫސާ ކަލޭ ނުވާނެ ބޮޑު ފިރިހެންކުޅި ސޮޑަކަށް ނޫނީ.
އ އަލީ މޫސާ
އަންހެންދުޅާ މީހުން ގިނަވީވަރަކަށް މިކަންކަން ފޯރި ގަދަވާނެ
ޝ ޝީވާ
ގެންދެބަލަ ހެޔޮނުވާނެ.
ޝ ޝީވާ
ވަރަށް ދާހިއްވާ ރަށެއް. ޓިކެޓެއް ދީބަލަ.
ޒ ޒައިދު
ދާނަން ޕަޗަސް ކުޅެންޏާ، ބޯވާ ރޭސް އޮތިއްޔާ
K Katheebu
Adhi nuvey thivaahaka bunaakah
B Bacho
Mulhin marey dhen kihine hadhaanee ticket eh dheebalaa
ސ ސޮފޫ
އެންމެ ދާހިތްވާ ރަށް. ގެންދާނެ މީހަކު ވިއްޔާ މިހާރު ވެސް ދާން ތައްޔާރު
ޝ ޝަޒިއްޔާ
ދެން ކިހިނެއް ހަދާނީ.... ވަރަަށް ވެސް ދެރަ ވެއްޖެ!
ސ ސާރާ
ޓިކެޓެއް ދީބަލާ އަަޅެ ޕްލީޒް
ސ ސަރުކާރު
ވަރަަށް ބަރާބަރު ތިޔަހެން ވާންޖެހޭނެ، އީދު ކުޅެންވާނެ، ކުލަޖެހުމަކީ ޔުނިވާސަލް އެއްޗެއް. ބައެއް މީހުންނަށް ފެންނަނީ ނިއްކުރީގައި ޖަހާފައި އިންނަ ކުލަތިކި އެކަނި، އެއީ ގޯހެއް. މުސްލިމުންނަށް އަންނަނީ ދެ އީދު. ބޮަޑު އީދު ބޮޑުކޮށް ކުޅެންވާނެ.
ބ ބޮޑު އީދު ކުޅެން
ތިޔަ ފިރިހެން ކުދިންކޮަޅު ހިރިލަންދޫއަަށް ފޮނުވާލަބަލާ
ސ ސަހީރާ
ރަމަޟާން މަހަށް ބޮޑު ދަރުސް. ބޮޑު ޢީދު ބޮޑުކޮށް. މައްސަލައަކީ ބޮޑު ޢީދު ބޮޑުވެގެންނެއް ނޫން. މައްސަލައަކީ ބޮޑު ޢީދުގައި މުންކަރާތްތައް ގިނަވުން. ނަށާ އަންހެން ގްރޫޕްތައް ގެނައުމާއި, ދެ ޖިންސް މަސްހުނިވާ ހަރަކާތްތަކާއި ހިންދޫ ދީނުގެ ހޯލީ ޕްރޮމޯޓްވާ ކަލަރ ރަން އަކާއި ބެރު ދުންމާރި ތާޅަފިލި. ޝައިޚް ސަމީރަކަށް މިކަމުން ވާނެ ގެއްލުމެއް ނޯންނާނެ. އެހެނަސް ޝައިޚްގެ ނަސޭހަތް ޤަބޫލުކުރި މީހަކަށް މަންފާ ކުރާނެ.
ނ ނާޒް
މާ ލަހޭ މިލައުތުރުން ޚަބަރު ޖެހިލެއް. ލާމަށް ދާން ޓިކެޓް ވެސް ނެގިއްޖޭ!
ވ ވަފީ
ހާދަ ރީތި ބިޓުންތަކެކޭ ނަންބަރެއް ވެސް ޖަހާލަބަލާ ގުޅާލާނެ!!!
ނ ނަޝާތު
ވަރަަށް މީހުން ހެޔޮ ރަަށެއް.