މިދިޔަ ޖުލައި މަހު އެކަނިވެސް ވައްކަމުގެ 277 މައްސަލައެއް ހުށައެޅި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހު އެ އިދާރާއަށް ހުށައެޅި މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަ ކަމަށެވެ. އަދި ދެވަނަ އަށް އެންމެ ގިނައީ އެކްސިޑެންޓްތައް ކަމަށާއި އެގޮތުން އެފަދަ 178 މައްސަލައެއް ރިޕޯޓްކޮށްފައިވާ ފުލުހުން ބުންޏެވެ.
ޖުލައި މަހު މަސްތުވާތަކެއްޗާ ގުޅޭ 163 މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިދިޔަ މަހު ދެން ގިނައިން ހުށަހެޅުނު މައްސަލަތައް:
* އެއްޗެހި ގެއްލިގެން 69 މައްސަލަ
* އަނިޔާގެ 42 މައްސަލަ
* މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ
* ގެވެށިއަނިޔާގެ 28 މައްސަލަ
* ޚިޔާނަތުގެ 21 މައްސަލަ
* ޖިންސީ ގޯނާ ކުރުމުގެ 14 މައްސަލަ
* ފޭރުމުގެ 9 މައްސަލަ
* ފޯޖް ކުރުމުގެ 9 މައްސަލަ
* ޗެކް ބައުންސްގެ 2 މައްސަލަ
ދިވެހި ފުލުހުންގެ ހިދުމަތުން އަންނަނީ ކުށްތައް މަދު ކުރަން މުޅި ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ. ވަކިން ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ފުލުހުން ދައުރު އަންނަނީ އިތުރު ކުރަމުންނެވެ.