ރައީސް ޑރ.މުއިއްޒުގެ ވެރިކަން ނިމުމުން ރައީސް މުއިއްޒު އާ އެކު ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ޤައުމަށް ޤައްދާރުވެ ހިޔާނާތްތެރިވެފައިވާ ވަޒީރުންނާއި، ދައުލަތުގެ ކުންފުނި ތަކުގެ ވެރިންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ތަފްޞީލީ ގޮތެއްގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އަދި އިތުރަށް ވިދާޅުވެފައިވަނީ، އެދުވަސް ނާންނާނޭ ހިތާ ދައުލަތުގެ 3 ބާރު މުށުތެރެއަށް ލައްވައިގެން އަދި މިނިވަން މުއައްސަސާތަށް އަންބޮޑިއަށް ޖެހުމަށްފަހު ދުލަށް އައިހާ ދޮގުތަކެއް ހައްދަވައި، ނާއިންސާފުން އެކި ފަރާތްތަކަށް ބިރު ދައްކާ އަނިޔާވެރިވަމުން މިއަދު ރައީސް ހިންގަވާ މުޑުދާރު ކަން ކަމަށް ޖަވާބުދާރީ ވާންޖެހޭނެކަމީ ޔަޤީންކަމެއް ކަމަށެވެ.
އައްބާސް ފާހަގަކުރެވެނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑުކިޔަން ކެރޭ، ޚިޔާލުފާޅުކުުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ. މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ވެސް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލުމަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުންތެރިކަމާއެކު މި ސަރުކާރުން ކުރަމުންދާ ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު