ހަށިގަނޑުގައި ހުންނަ ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭމަދުވާ މައްސަލަ ހައްލުކުރުމަށް އީރާންގެ ސައިންޓިސްޓުން އިންޖެކްޝަނެއް އުފައްދައިފި އެވެ.
ހަށިގަނޑުން ލޭމަދުވުން ނުވަތަ “އެނީމިއާ” ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުކޮށްދޭ އިންޖެކްޝަނެއް އީޖާދުކޮށްފިކަން ވަނީ އެ ޤައުމުން އިޢުލާން ކޮށްފައެވެ. އަދި އެއީ މިހާތަނަށް ދުނިޔޭގައި ބޭނުންކުރަމުން ގެންދާ އެންމެ ވަރުގަދަ ސަޕްލިމެންޓްތަކަށް ވުރެވެސް ކާމިޔާބު އުފެއްދުމެއް ކަމަށް އީރާނުން ބުނެއެވެ.
އީރާނުގެ ސައިންސްވެރިން އީޖާދުކޮށް ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފައިމިވަނީ ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭމަދުވާ މައްސަލައަށް ފަރުވާދިނުމަށް ޖަހާ ސަޕްލިމެންޓް އިންޖެކްޝަނެކެވެ.
އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ އެ ޤައުމުގެ ބަޔޯމެޑިކަލް ރިސާޗް ސެންޓަރުތަކުގެ ސައިންސްވެރިން މިހާރު މަސައްކަތް ކުރަނީ އެ ޤައުމުގައި އިންތިހާއަށް ގިނަ މިފަދަ ބަލިމީހުންނަށް ބޭނުންވާ ބޭސްތައް ހޯދުމަށް ބޭރުގެ ޤައުމުތަކަށް ބަރޯސާވުން ނައްތާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު