
އަންހެނުންގެ ކްރިކެޓް ވޯލްޑް ކަޕް ސެމީ ފައިނަލުގައި ކުރީ ވޯލްޑް ކަޕްގެ ޗެމްޕިއަން އޮސްޓްރޭލިއާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިންޑިއާ އިން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދީ 5 ވިކެޓުންނެވެ. ފުރަތަމަ އިނިންގުގައި އޮސްޓްރޭލިއާ އިން އެކު ޖުމްލަ 339 ރަން ހެދިއެވެ. އެހެން ނަމަވެސް އިންޑިއާ އިން ބެޓުކުރުމަށް ނިކުމެ 341 ރަން ހަދާ ސެމީ ފައިނަލް މެޗް ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ވަނީ ހޯދާފައެވެ.
ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ އިންޑިއާގެ ޖެމީމާ ރޮޑްރިގޭސްއެވެ. އޭނާ ވަނީ ނުބައިނުވެ އިންޑިއާ އަށް 127 ރަން ހަދައިދީފައެވެ. ފައިނަލުގައި އިންޑިއާ ބައްދަލުކުރާނީ ސައުތު އެފްރިކާއާ އެވެ.
 
															
 
                                                                 
                                                                 
                                                                 
                                                                
ކިޔުންތެރިންގެ ހިޔާލު