ގައުމީ ދިފާއީ ބާރުގެ އެއާރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

އައިމިނަތު ރައުދާ | 5 ނޮވެމްބަރ 2025 | ޚަބަރު

ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ފުރަތަމަ އެއާރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

އެއާރ ސްޓޭޝަން ހުޅުވާދެއްވާފއިވަނީ ރައީށުލް ޖުމްހޫރިއްޔާ އައްޑުއަތޮޅަށް ކުރައްވަމުންގެންދަފާ ދަތުރުފުޅުގައެވެ.

Advertisement
Advertisement

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސްގެ ޤަރާރެއް ނެރުއްވީ މިއަހަރުގެ ނަޞްރުގެ ދުވަސްކަމަށްވާ 3 ނޮވެންބަރުގައެވެ. މި ޤަރާރުގައި ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

ގަން އެއަރ ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އެތަން ބައްލަވާލައްވާފައެެވެ.

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވީ 15 މާރިޗު 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް ތަޢާރަފްކުރައްވާފައިވާއިރު، މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އިތުރަށް ރަޢިސް ވިދާޅުވީ  ވައިގެ ބަނދަރުގެ ސަބަބުން ވައިގެ މަގުން ހިންގާ އަދި އިތުރު އޮޕަރެޭޝާން ތަކަށް މަގުފަހި ވެގެން ދާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.