ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރަށް ވާހަކަ ދައްކަން ފުރުސަތު ނުދިން

ޝާން މުޙައްމަދު | 5 ނޮވެމްބަރ 2025 | ޚަބަރު

ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީއުއަށް ވާހަކަ ދައްކަން ފުރުސަތު ނުދީ، ޖަލްސާ ނިންމާލައިފި އެވެ.

މި ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލަދީ އޮންނަލައިން ނޫހެއް ކަމަށްވާ ”އަދަދު“ ނޫހުގައި ބުނެފައިވާ ގޮތުގައި ފުރަތަމަ އޮތީ މުއިއްޒުގެ ޖަލްސާގައި މޭޔަރު ވާހަކަ ދައްކަވާ ގޮތަށެވެ. ނަމަވެސް ވަގުތު ސަލާމަތް ކުރަން ކަމަށް ބުނެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭ ގޮތަށް ވަނީ ނިންމާފައެވެ.

Advertisement
Advertisement

އެ ނޫހުގައި ބުނެފައިވަނީ އިއްޔެ މުއިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ޕްރޮޖެކްޓުތައް ފަށަން ބޭއްވި ހަފުލާތަކުގައި ބައިވެރިވުން ފިޔަވާ އިތުރު އެއްވެސް ކަމަކަށް ފުރުސަތު ނުދޭ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އެ ސިޓީގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގެވުމަށް ބިންގާއަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.