ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި 100،000 އަށް ވުރެ ގިނަ ޑޮލަރު ހުރި ބްރީފްކޭސް ފޭރުނު މައްސަލައިގައި ޑޮލަރުކޮޅު ފިޔަވާ އެހެން ހުރިހާ އެއްޗެއް ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގާ ޝާމިލުވާ ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
- ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ)
 - މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނައީމް (20އ)
 - އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ)
 - އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ)
 
އެ ޑޮލަރު ހުރި ބްރީފް ކޭސް ފޭރުމަށް ފަހު، އެ ހަތަރު މީހުން ވެސް އެންމެ ފަހު މަންޒިލަކަށް ދިޔައީ ހުރާއަށެވެ. ބާރަ ވަރަކަށް މީހުންނަށް އެރޭ ވަރުގެ ލޯންޗެއްގައި ހުރާއަށް ދެވުނީ ގާތްގަނޑަކަށް ދެ ގަޑީއިރުންނެވެ. އެމީހުން ދަތުރުކުރި ލޯންޗާއި، ޑޮލަރު އަޅާފައިހުރި ބްރީފްކޭސް ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މިހާތަނަށް ނުފެންނަނީ ހަމަ އެކަނި ޑޮލަރުކޮޅު އެކަންޏެވެ. އެހެން ހުރިހާ އެއްޗެއް ވަނީ ފެެނިފައެވެ.
															

                                                                
                                                                
                                                                
                                                                
ކިޔުންތެރިންގެ ހިޔާލު