އިއްޔެ މެންދުރުފަހު އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ވެސް މަރުވެއްޖެ އެވެ.
ނިޔާވެފައިވަނީ ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހު އަބްްދުﷲ އެވެ. ފްލާހުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގަ އެވެ.
މިއީ މިއަހަރު ތެރޭގައި ހިނގި މިފަދަ ތިން ވަނަ ހާދިސާއެވެ. މިދިޔަ ޖޫން މަހު ހިނގި ހާދިސާގައި ދެ މީހަކު މަރުވިއިރު، މިދިޔަ މަހު ހިނގި ހާދިސާގައި ވެސް ތިން މީހަކު ވަނީ މަރުވެފަ އެވެ.
															

                                                                
                                                                
                                                                
                                                                
ކިޔުންތެރިންގެ ހިޔާލު