އިޒްރޭލް ސިފައިން ހައްޔަރުކޮށް ޝަހީދުކޮށްލުމަށް ފަހު ހަވާލުކުރި ފަލަސްޠީން މީހުންގެ ހަށިތައް ވަނީ ކަފާ ކުދިކޮށް ގުނަވަންތައް ވެސް ނަގާފައިކަމަށް ޣައްޒާގެ އިދާރާތަކުން ބުނެފިއެވެ.
އިޒްރޭލުން ހަވާލުކުރި ހަށިތަކުގައި ބޮޑެތި އަނިޔާތަކާއި، ސާޖިކަލް ކެފުންތަކާއި ފެޅުންތައް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށާއި، ބައެއް ހަށިތަކުގައި އޯގަންތައް މަދުކަން ފާހަގަކުރެވިފައިވާ ކަމަށް ސިވިލް ޑިފެންސުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ހަނގުރާމައިގާ މަރުވާ މީހުންގެ ހަށިތަކަށް ގެއްލުންދީ ގޮތްގޮތް ހެދުމަކީ ބައިނަލްއަޤުވާމީ ޤާނޫނު މަނާކުރާ އަދި ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.
އިޒްރޭލުން މިވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ވެސް ހައްދު ފަހަނަ އަޅާފައެވެ. އެއްވެސް ކުށެއްނެތް މީހުން ހައްޔަރުކޮށް، ގުނަވަންތައް ނެގުމަށް ފަހު ޝަހީދުކޮށްލާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު