ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސްއަށް ގަސްދުގައި ޓެކުހަށް މަކަރު ހެދުމުގެ ކުށުގައި ދައުވާކޮށްފިއެވެ.
މީރާއިން ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ ދެ ކުންފުނީގެ އިސްވެރިންކަމުގައިވާ ކަމަށްވާ ޑރ. އިކްލީލް ޝަރީފާއި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރު ޑރ. އަލީ އަބްދުالله ލަތީފެވެ.
މީރާއިން ބުނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވީ ނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އާމްދަނީ ބޮޑުތަނުން ދަށްކޮށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި މީރާއިން ބެލިބެލުމުން ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ ކްލިނިކެއް ކަމަށްވާ ޕާލް މެޑިކަލް ސެންޓަރު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ވެސް ދީފައި ފުރިހަމަ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު