ޝައިހް އަބްދުލްއަޒީޒް ހުސައިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހި، ފަރުވާ ދޭން ފަށައިފި އެވެ.
ޝައިހް އަޒީޒުގެ ދަރިކަލުން އަހްމަދު ކުމައިލް މީސް މީޑިޔާގެ ޕްލެޓްފޯމް، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބައްޕައަށް މި ވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ބައްޕައަށް ހެޔޮ ދުއާކޮށްދިނުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެނގިފައިވާ ގޮތުގައި ޝައިހް އަޒީޒަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި އަދި އަރަބިއްޔާ ސްކޫލަށް ވެސް ހިދުމަތް ކުރައްވާފައިވާ ޝައިހް އަޒީޒަކީ ޒަމްޒަމް ޙައްޖު އެންޑް އުމްރާގެ ވެރިޔާ ވެސް މެ އެވެ.

ކިޔުންތެރިންގެ ހިޔާލު