ޒަމާނީ ބަދަލަކަށް ށ. ނަރުދޫ ކައުންސިލްގެ ރައީސް ކަމަށް މިފަހަރު ޙުސައިން ސުހައިލް ވާދަކުރަނީ.

މިލައުތުރު | 9 ފެބްރުއަރީ 2026 | ސިޔާސީ

ޒަމާނުއްސުރެ ނުކުރެވޭނެ ކަމަށް ނުވާނެ ކަމަށް ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނިފައި އޮތް ވިސްނުން ބަދަލުކޮށް ކަންކަން ކުރެވޭނެކަން، ވާނެކަން ރައްޔިތުންނަށް ޘާބިތުކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި ށ. ނަރުދޫ ކައުންސިލްގެ ރައީސް ކަމުގެ މަޤާމަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވަނީ ޙުސައިން ސުހައިލްއެވެ.

ސުހައިލް އަކީ ޢިޖުތިމާއީ ކަންކަމުގައި އިސްނަންގަވައިގެން، ކެރިގެން މަސައްކަތްކުރާ ވަރަށް ހިތްވަރު ގަދަ ޒުވާނެއްކަން އެ ރަށުގެ ވަރަށް ގިނަ ބަޔަކު ޤަބޫލްކުރެއެވެ. ތަޢުލީމީ ހަޔާތަށް ފަހު ސިވިލް ސަރވިސް އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، އެމް.ޓީ.ސީ.ސީ އާއި، ސްޓެޓިކް ކޮމްޕެނީ އާއި، ޒިޒޯޓް ދާއިރާގައި ވަޒީފާ އަދާކޮށް ގިނަ ތަޖުރިބާތަކެއް ޙާޞިލުކޮށްފައި ވެއެވެ. އޭނާގެ އުންމީދަކީ މިވަގުތު ރައްޔިތުން އެދިއެދި ތިބި ހެޔޮ ބަދަލުތައް ގެނެސްދިނުމެވެ.

ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ވެސް ހުނަރުވެރި ސުހައިލަކީ ބަސްމޮށުންތެރިކަން ހުރި ދޫހެލޭ މޮޅު ވާހަކަދެއްކުންތެރިއެކެވެ. ސިޔާސީ ހަރަކާތްތަކުގައި ޖެހިލުމެއްނެތި ރޫހުގައި މަސައްކަތްކުރާ ހިތްވަރު ގަދަ ޒުވާނެކެވެ. ށ. ނަރުދޫގެ ލޮބުވެތި ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ، އުފެއްދުންތެރި ޒަމާނީ ދައުރެއް ދައްކައިދޭން ސުހައިލް ހުރީ ހޭވައްލާ ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.