ބައެއް ވުޒާރާތައް އަނެއްކާ ވެސް އެއްކޮށްލުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މުޅިން އައު ވަޒީރުންގެ މަޖިލިހެއް އެކުލަވާލައްވައި، އެ ވުޒާރާތަކަށް ވަޒީރުން އައްޔަން ކުރައްވައި، ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު މިރޭ އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މިރޭގެ ދެ ނަމާދު ދޭތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ވަޒީރުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްްއުސްތާޛު އަބްދުލް ޣަނީ މުޙައްމަދު އެވެ.
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް އަށް މޫސާ ޒަމީރު
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ އަށް ޢަލީ އިޙުސާން
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަށް އިރުތިޝާމް އާދަމް
- މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް އަށް ޑރ. އިސްމާޢީލް ޝަފީޢު
- މިނިސްޓަރ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއަރ އަށް ޤީލާ އަލީ
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް- މުޙައްމަދު ސަޢީދު
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް އަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
- މިނިސްޓަރ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން އަށް މުޙައްމަދު އަމީން
- މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އަށް ޢަބްދުﷲ ރާފިޢު
- މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަށް ހީނާ ވަލީދު
- މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ޑރ. ޢަބްދުﷲ މުއްޠަލިބް
- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އަށް ޢަލީ ޝަރީފް
ކިޔުންތެރިންގެ ހިޔާލު